ބޮޑު ޝަރަފެއް، ގޫގުލް ހޯމް ޕޭޖުގައި ރާއްޖޭގެ ރަށެއް

ގޫގުލް ހޯމް ޕޭޖުގައި މިއަދު ރާއްޖޭގެ ރަށެއް ހިމަނައިފި އެވެ.
ޓޫރިޒަމްގެ ދުނިޔޭގެ އެއްވަނަ މަންޒިލް -- ރާއްޖޭގެ ރަށެއްގެ ފޮޓޯއެއް ގޫގުލް ހޯމް ޕޭޖުގައި ހިމެނުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެކެވެ. އަދި ޝަރަފެއް ވެސް މެ އެވެ.
"އާތް ދުވަހާ" ދުވަހާއި ގުޅުވާ ގޫގުލް ހޯމް ޕޭޖުގައި ހިމަނާފައި ވަނީ ރާއްޖޭގެ ށ. އެރިޔަދޫގެ ފޮޓޯތަކެކެވެ. ގޫގަލްގެ ހޯމް ޕޭޖުގައި ހިމަނަނީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ތަންތަނުގެ ފޮޓޯތަކެވެ.
Advertisement
ވަރަށް ހިތްގައިމު ރީތި ބައްޓަމެއް ސިފަވާ މި ރަށަކީ ގުދުރަތީ ރީތިކަމާއި މުއްސަދިކަން ލިބިފައިވާ ރަށެކެވެ. 
އެންމެ މަގުބޫލް ސާޗް ވެބްސައިޓްގައި ރާއްޖޭގެ ރަށެއްގެ ފޮޓޯތަކެއް ހިމެނުމަކީ ރާއްޖޭގެ ޓޫރިޒަމަށް ވެސް ލިބޭ ކުރިއެރުމެކެވެ. އެތައް ބައެއްގެ ލޮލުގައި ރާއްޖެ އަޅައިގަންނާނެ ކަމެކެވެ. މިކަމުން ރާއްޖެ އިތުރަށް އިޝްތިހާރުވެ ގިނަ ބަޔަކަށް ރާއްޖެއާ މެދު ޝައުގުވެރިކަން އުފެދޭނެ އެވެ.
މިހާރު ވެސް ޓޫރިޒަމްގައި ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ އެއްނަންބަރު މަންޒިލަކީ ރާއްޖެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ