އެލައިޑުން ޖަމްއިއްޔާތަކަށް ދޭ އެހީގެ ދެ ޕްރޮގްރާމަށް ހުޅުވާލައިފި

އެލައިޑް އިންޝުއަރަންސްގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 
އެނގުން މުހިންމު - މިއީ 2018ގައި "ޕްރިމިއަމް ފޯ ގުޑް"ގެ ނަމުގައި އެލައިޑުން ތައާރަފްކޮށްފައިވާ ޕްރޮގުރާމެކެވެ. އެ ޕްރޮގްރާމްގެ މަގުސަދަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީވުމާއި ތިމާވެއްޓާ ރައްޓެހި ބަދަލުތަކާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމަށް އެހީތެރިވުމެވެ. އެގޮތުން އެލައިޑުން ވަނީ ދެ ފަންޑެއް ތައާރަފްކޮށްފަ އެވެ.
"އެލައިޑް ކޮމިއުނިޓީ ފަންޑް" އަކީ:
މުޖުތަމައަށް މަންފާކުރަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމަށް އަތޮޅުތަކުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކަށް އެހީތެރިވުމަށް ހުޅުވާލާފައިވާ ފަންޑެއް
މި ފަންޑުގެ ދަށުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، އަދި ތައުލީމާއި ތާރީހުގެ ދާއިރާތަކުން ހިންގޭ މަޝްރޫއޫތަކަށް އެހީދޭނެ 
ޖުމްލަ ހަތަރު ފަރާތަކަށް 50،000ރ. އެހީ ދޭނެ
"އެލައިޑް އެޑިއުކޭޝަން ފަންޑް"އަކީ:
ގެ ދަށުން ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ދަރިވަރުންނާއި މުދައްރިސުންނަށް މަންފާކުރަނިވި އާ ހިޔާލުތަކަށް 25،000ރ.ގެ އެހީ ދޭނެ 
ޖުމްލަ އަށް ފަރާތަކަށް އެހީދޭން ވަނީ ނިންމާފައި 
ބުނީ ކީކޭ؟ - އެލައިޑުން ބުނީ އެ ދެ ޕްރޮގްރާމަށް ވެސް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4ގެ ކުރިން ކަމަށެވެ. 
"މިއީ ވަރަށް އުއްމީދާއެކު ފަށާފައިވާ ޕްރޮގްރާމެއް. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ފަރާތްތަކަށް އެ މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން،" އެލައިޑުން މިއަދު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ