ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ އެ ބަދަލުތަކުގެ ދަށުން 9 ޑިޕާޓްމަންޓްގެ އިސްވެރިންގެ މަގާމުތަކަށް އާ އޮފިސަރުން ހަމަޖައްސާފައިވާ ކަމަށެވެ.
ތަފްސީލު - މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ޑިޕާޓްމަންޓްތަކާއި ވެރިންގެ ގޮތުގައި ކަނޑައެޅި އޮފިސަރުންނަކީ:
އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު
ޑްރަގް އެންފޯސްމަންޓް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް
ގޭންގް ކްރައިމް އެންފޯސްމަންޓް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަބާހު
ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް - ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު
ތިލަމާލެ ޕޮލިސް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު
ޓްރެފިކް ޕޮލިސް - ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް އިމްރާން
ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމްފުޅު
ކަސްޓޯޑިއަލް ސްޓޭންޑަޑްސް އެންޑް ޑިވެލޮޕްމަންޓް - ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަހީމް
ޕްރޮޓެކްޓިވް ސެކިއުރިޓީ - ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން
ފުލުހުން ބުނި ގޮތުގައި އެ ބަދަލުތައް ގެނައީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުންނެވެ.
އެނގުން މުހިންމު - މިފަހުން މާލޭގެ ގެއެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ގޯސްތަކެއް ހަދާފައިވާ މައްސަލަ ހޫނުވެ ފުލުސް ކޮމިޝަނަރުކަމުގައި ހުންނެވި އަލީ ޝުޖާއު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ފުލުހުންގެ ބައެއް ވެރިން ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ