ކަނޑުގެ ލޮނުގަނޑު ހޫނުވެ، ކަނޑުމަސް ދުރަށް ދަނީ

މޫސުމަށް އަންނަ ބަަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވެ، ކަނޑުމަހުގެ ބާވަތްތައް ދުރު ހިސާބުތަކަށް ދާ ކަމަށާއި އޭގެ ސަބަބުން މަސްވެރިކަމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބާގައި ނެރުއްވި ހިތޯބެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން ތަރައްގީކުރަން މިއިން ދުވަހަކު މަސައްކަތް ނުކުރާ ވަރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އެކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކަމަށް ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - އޭނާ ވިދާޅުވި ގޮތުގައި:
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަހައްދުތަކަށް ދަތުރުކުރޭ
އަދި ކަނޑުގެ ފުން ހިސާބުތަކަށް ވެސް މަސްތައް ދޭ
އޭގެ ނަތީޖާއެއްގެ ގޮތުން ދޮއްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން ކުރާ މަސްވެރިކަމަށް އަސަރުކުރޭ
މަސްވެރިކަމުގެ މޫސުން ދިގުލައި އޭގެ ނޭދެވޭ އަސަރު ސިނާއަތަށް ކުރޭ
މިނިސްޓަރު ވިދާޅުވި ގޮތުގައި މޫސުމީ މި ފަދަ ގޮންޖެހުންތަކަކީ ދުނިޔޭގެ ފެންވަރުގައި މަސައްކަތްތަކެއް ކޮށްގެން ނޫނީ ހައްލު ނުކުރެވޭނެ މައްސަލަތަކެވެ. އެކަމަކު ބަވަނަވަމުން އަންނަ ދުނިޔޭގައި މި ކަމަށް އަވަސް ހައްލެއް ގެނައުމަށް ހުރި ހުރަސްތައް ގިނަކަން ފާހަގަ ކުރެއްވި އެވެ. އެކަމަށް އޮތް ހައްލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ މޫސުމީ ބަދަލުތަކަށް ހޭނި، އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް ގައުމީ ފެންވަރުގައި އަޅައި ދުރާލާ ތައްޔާރުވުމެވެ.
އޭގެ އިތުރުން:
ކަނޑުގެ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ފަރުދީ ޒިންމާ އަދާކުރުމާއެކު، ކަނޑުގެ ވަސީލަތްތައް ބޭނުން ކުރުމުގައި ނޫއިގްތިސޯދު އެއީ ނާރެހެއް ކަމުގައި ބެލުން
ކަނޑުން ލިބޭ ނަފާ އިތުރުކުރުމަށް، ގުޅިފައިވާ ސިނާއަތްތައް ސިންދަފާތު ކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ