ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުުރެހިލާވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.
މާދަމާ ފެށޭ މި އަހަރުގެ ރޯދަމަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވާ މިރޭ އާއްމުކުރެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ރޯދައަކީ އަހަރަކު އެއްފަހަރު ބައްދަލުކުރާ މެހުމާނެއް ކަމަށާއި މި ދުވަސްވަރު އުޅުމާއި ގުޅުމަށް އަންނަ ހެޔޮ ބަދަލު މުޅި ހަޔާތަށް ވެސް ދަންމާލަން ޖެހޭ ކަމަށެވެ.
މިގޮތުން، ދަރީންނާއި ކުޑަކުދިންނަށް ނަމޫނާ ދައްކާ އެ ކުދިންނަށް ހަރުދަނާ ސިފަތައް އުނގަންނައިދީ ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އާދަތަކުން ދުރުވާން މަސައްކަތްކުރާ މަހެއްގެ ގޮތުގައި މި މަސް ހެދުމަށް ގޮވާލެއްވި އެވެ.
"ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ހުލްގު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ހަޔާތެއް އުޅުމުގެ ޢަޒުމު މި މަހު އައުކުރަމާތޯ،" މީލާދީ އަހަރުގަ ވެސް ދެއްވި ފުރަތަމަ ހިތާބުގައި ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ނުރަނގަޅު ސިފަތަކުން ދުރުވެ ރަނގަޅު އަމަލުތައް ގިނަކުރުމަށް، އެފަދަ އެތައް މިސާލެއް ދައްކަވަމުން ރައީސް ވަނީ ތަކުރާރުކޮށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.
"މި ފަދަ ކޮންމެ ރޯދަ މަހެއްގައި ވެސް އަޅުގަނޑުމެން ޔަގީން ކުރަންވީ އެއް ކަމަކީ، ދިވެހީންގެ ސިލްމާއި ސަލާމަތާއި ކާމިޔާބު ގުޅިފައިވަނީ، މާތްވެގެންވާ އިސްލާމް ދީނާ ކަން. ތިރި ޖަޒީރާ ރަށްތަކެއްގައި އާބާދުވެ ދިރިއުޅެމުންދާ މި ޤައުމުގެ ރައްޔިތުންނަށް ﷲ ދެއްވި ނިއުމަތްތަކާއި، އަމާންކަމާއި، ރަހުމަތުގެ ބޮޑުކަން،" ރައީސް އޮފީހުން އާންމުކޮށްފައިވާ ހިތާބުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން، މުސްލިމު އުންމަތުގެ ތެރެއިން ހާލުގައި ދިރިއުޅެމުންދާ އެންމެންގެ ހަނދާން އާކޮށް އެ މީހުންގެ ހާލަތު ރަނގަޅު ވުމަށް އެދި ދުއާ ކުރުމަށް ވެސް ރައީސް އިލްތިމާސްކުރައްވާފައިވެ އެވެ. ހާއްސަކޮށް ފަލަސްތީނުގެ އަހުންނާއި އުހުތުން ފާހަގަކުރެއްވި އެވެ.
"ރަމަޟާން މަހުގެ ފާގަތިކަމާއި ބާއްޖަވެރިކަން ދިވެހި ގައުމަށް އަބަދުމެ ތަކުރާރުކޮށްދެއްވާށި. މި ލޮބުވެތި ވަޠަން، އިސްލާމް ދީނުގެ ހިދާޔަތުގައި އަބަދުމެ ލަހައްޓަވާށި. ދިވެހި ރައްޔިތުންނަކީ ހެޔޮލަފާ ބަޔެއްގެ ގޮތުގައި އަބަދުމެ ލައްވައި، ވިޔަވަތި ދިރިއުޅުމެއް މިންވަރު ކުރައްވާށި. އާމީން،"
ރޯދަ މަހުގެ ހިތާބުގައި ރައީސް ގޮވާލެއްވި ދޮގާއި ފިތުނަ ފަތުރާ މީހުންނާ ދުރުވުމަށް ރޯދަ މަހުގެ ހިތާބުގައި ރައީސް ގޮވާލެއްވި ދޮގާއި ފިތުނަ ފަތުރާ މީހުންނާ ދުރުވުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ