ގއ. ވިލިނގިލީގައި ބުދަ ދުވަހު ވިހޭ އަންހެނަކާއި ދަރިފުޅު މަރުވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގަން ސަރުކާރުން ފުލުހުންނަށް އަންގާފައިވާ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި ހާދިސާގައި މަރުވީ ވިލިނގިލީ ޝިއުނާ ތައުފީގާއި އޭނާގެ ތިން ވަނަ ދަރިފުޅެވެ. ބުދަ ދުވަހު ހެނދުނު ވިހެއުމަށް ފަހު ވެސް ދެމައިން ހޭނާރަ އެވެ. ފަރުވާ ދިނީ ވެންޓިލޭޓަރުގަ އެވެ.
ޝިއުނާ މަރުވީ މާލެ ގެންނަން ވެގެން ގއ. ކޫއްޑޫ އެއާޕޯޓަށް ގެންގޮސްފައި އޮއްވައި އެ ރަށުގަ އެވެ. ދަރިފުޅު މާލެ ގެނެވުނު ނަމަވެސް މާލޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އެވެ.
ތަފްސީލް - މިނިސްޓަރު އިހުސާން މިއަދު 'އެކްސް'ގައި ވިދާޅުވީ ވިލިނގިލީގައި ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމަ މަރުވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގައި އެ ހާދިސާގައި އިހުމާލުވެފައިވާ ފަރާތެއްވާ ނަމަ، އެފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
އެނގުން މުހިއްމު - އެ ހާދިސާ ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވެސް އިއްޔެ ވަނީ ބުނެފަ އެވެ.
ޝިއުނާއަށް ފަރުވާ ދިން ޑޮކްޓަރު ވެސް މިހާރު ވަނީ މާލެ ފޮނުވާލައިފަ އެވެ.
ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަލީ ޝަމީމް އިއްޔެ 'ދައުރު'އަށް ވިދާޅުވީ އިއްޔެ ހެނދުނު ޑޮކްޓަރު މާލެ ފުރުވާލާފައިވާ ކަމަށެވެ. އެގޮތުން:
އެއީ ނޭޕާލް ފިރިހެން ޑޮކްޓަރެއް
އޭނާ މާލެ ފޮނުވީ ހެލްތު މިނިސްޓްރީން އަންގައިގެން
ވިލިނގިލީގައި ދެމައިން މަރުުވި ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ