ބަނޑުހިންދައި ލޫޅާފަތިވާން ބޭނުން މީހުންނަށް ޚާއްޞަ: ބަނޑު ހިންދަން މަސައްކަތްކުރާއިރު މިކަންކަމަށް ސަމާލުކަން ދެއްވާ!

ބަނޑުގައި ޖަހާފައިހުންނަ ސަރުބީތައް ނައްތާލުމަކީ ނުވަތަ ވިރުވައިލުމަކީ އޭގެ ސަބަބުން އެތައް ބައްޔަކުން ސަލާމަތްވުމަށް އެހިތެރިވެދޭނެކަމެކެވެ. ބަނޑުގައި ހުންނަ ސަރުބީތަކަކީ ބޭނުންވާ ވަރަށްވުރެ އިތުރަށް ކެލޮރީސް އެތެރެކުރާނަމަ އުފެދޭ އެއްޗެކެވެ.
އެހެންކަމުން ބަނޑުގައި ހުންނަ ސަރުބިތައް ނައްތާލުމަށް މަސައްކަތްކުރާއި ދުރުހެލިވާންވި ބައެއްކަންތައްތައް ފާހަގަކޮށްލާނަމެވެ.
• ރޭގަނޑު މާލަސްވުމުން ނުކެއުން
• ސްޓްރެސްވުމަށް ދިމާވާ ކަންތައްތަކުން ދުރުހެލިވުން
• މާގިނަ މަސައްކަތެއްނެތި ދުވަސް ހޭދަކުރުން ( ކަސްރަތުކުރުމާއި ހިނގާލަންދިޔުން ފަދަ ކަންކަން ކުރުމުގެ ބަދަލުގައި ގިނަވަގުތު ފޯނާއި ކުޅެން އޮތުމާއި އެނދުގައި އޮތުން )
• 7 – 8 ގަޑިއިރުވަންދެން ނިދުން
• ތައްޔާރީ ނުވަތަ ޕެކެޓް ކާނާތަކާ އެނާރޖީ ބުއިންތަކުން ދުރުހެލިވުން )
• ގިނައިން ހަކުރު ހުންނަ ބާވަތްތައް ބޭނުންނުކުރުން
• ކެއުމުގައި ސިއްޙަތަށް ފައިދާހުރި ތަކެތި ބޭނުންކުރުން ( މޭވާއާއި ތަރުކާރީ ގިނައިން ބޭނުންކުރުން)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ