އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

އެއާ އިންޑިއާގެ މަތިންދާބޯޓެއް އިންޑިއާގެ ހުޅަނގު ސަރަހައްދުގައިވާ ގުޖުރާތު ސްޓޭޓްގެ އަހްމަދާބާދުގައި ވެއްޓިއްޖެއެވެ.
މި ހާދިސާ އިންޑިއާގެ މީޑިއާއިނއ ގުޖުރާތުގެ ސްޓޭޓް ޕޮލިސް ކޮންޓްރޯލް ރޫމާއި ހަވާލާދީ ވަނީ ކަށަވަރުކޮށްދީފައެވެ.
މި ބޯޓަކީ އިންޑިއާގެ އަހްމަދާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓް އޭއައި 171  ނަންބަރު ފްލައިޓެވެ.
އިންޑިއާގެ ގިނަ މީޑިއާތަކުން ބުނެފައި ވަނީ މި ވޯޓު ބެއްްޓުނު އިރު ބޯޓުގައި 242 މީހުން ތިބިކަމަށެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނެފައި ވަނީ މި ބޯޓުގައި 195 އަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކުރި ކަމަށެވެ.
ބޯޓު ވެއްޓުނު ސަރަހައްދުގައި އަލިފާން ނިއްވާ ވެހިކަލްތައް ހަރަކާތްތެރިވަމުން އަންނައިރު، މިވަގުތާ ހަމައަށް އެއްވެސް މީހަކަށް އަނިޔާވި ނުވަތަ މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާ ހިނގި ސަބަބާއި މަތިންދާބޯޓަށް ލިބުނު ގެއްލުމުގެ މިންވަރު އަދި ވަނީ ރަސްމީކޮށް ކަށަވަރު ނުކުރެވިއެވެ.
ބުރާސްފަތި ދުވަހުގެ މެންދުރުފަހު، ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާގެ ބޯޓު ވެއްޓިފައި ވަނީ އަހްމަދާބާދުގެ މެގާނީ އޭރިއާގައި، އެއަރޕޯޓާ ކައިރި އަށެވެ. އޮންލައިންގައި ޙިއްސާކޮށްފައިވާ ވީޑިއޯތަކުގައި، ބިމުން ދުން އަރާތަން ފެނެއެވެ.
ބޯއިންގ ޑްރީމްލައިނާ މަތިންދާބޯޓު ވަނީ ޝެޑިއުލްއަށްވުރެ ކުޑަކޮށް ލަސްވެ، މެންދުރުފަހު 1:47 ގައި ފުރިފަހުންނެވެ. އޮފިޝަލުން ބުނާ ގޮތުގައި، ފުރުމުގެ ހުއްދަ ލިބުނުތާ 9 މިނެޓު ފަހުން މަތިންދާބޯޓު ވެއްޓުނެވެ.
"އަހްމަދާބާދު-ލަންޑަން ގެޓްވިކް ދަތުރުކުރި ފްލައިޓް އޭއައި171 އަށް މިއަދު، 12 ޖޫން 2025 ގައި ހާދިސާއެއް ދިމާވެފައިވެއެވެ. މިވަގުތު އަޅުގަނޑުމެން ވަނީ ތަފްސީލުތައް ހޯދަމުންނެވެ. އަދި ވީހާވެސް އަވަހަކަށް އިތުރު އަޕްޑޭޓްތައް ހިއްސާކުރާނަމެވެ."
މި ހާދިސާއާ ގުޅިގެން، އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފަވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ