ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ ހަމަޖައްސަން މަޖިލީހަށް

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ކަމަށް އެ ބޭންކްގެ ފައިނޭންޝަލް ސެކްޓާ ޑިވޮލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު އަސްނާ ހަމްދީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ފޮނުއްވައިިފިއެވެ. ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މިދިޔަ މަހު 17 ގައި އިސްތިއުފާދެއްވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ މަގާމަށް އަސްނާ ހަމަޖައްސަން އޭނާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވިކަން އިއުލާނުކޮށްފައެވެ. އެ މައްސަލަ ދިރާސާކުރަން މިހާރު ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފައެވެ. އެމްއެމްއޭގައި މަސައްކަތްކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާ އަސްނާއަކީ މާލީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ކުރިން ހުންނެވީ އެމްއެމްއޭގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައެވެ. އޭގެ ފަހުން ސީނިއާ މެނޭޖަރެއްގެ މަގާމުގައެވެ. މިހާރު ހުންނެވި ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ އެމްއެމްއޭގެ ޑިޕާޓްމަންޓްތަކުގެ ވެރިންނަކީ މެނޭޖިން ޑިރެކްޓަރުންނަށް ބަދަލުކުރައްވާފައެވެ. އެހެންވެ، އަސްނާއަކީ ވެސް މިހާރު އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޑެޕިއުޓީ ގަވަރުނަރުކަމުގައި ކުރިން ހުންނެވި އިމާދު އިސްތިއުފާދެއްވީ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މަސައްކަތް ފައްޓާފައި އޮއްވައެވެ. އޭނާ އިސްތިއުފާ ދެއްވީ އެމްއެމްއޭއިން ހުޅުމާލޭން ބިމެއް ގަނެގެން ދައުލަތަށް 15 ބިލިއަން ރުފިޔާ ނަގަން އުޅޭ ވާހަކަދެކެވުނު ދުވަސްވަރު ފައިސާ ޗާޕުކުރުމާ ދެކޮޅު ހައްދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ