މާދަމާއިން ފެށިގެން މަސްވެރިންނަށް ލޯނަށް އެދި ހުށަހެޅޭނެ ދަރިވަރުންނަށް ޖަވާބު ދިނުން އަވަސްކުރުމަށް މިނިސްޓްރީން ޕޯޓަލެއް ތައާރަފު ކުރަނީ ރައީސް، މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެމްއެމްއޭގެ ޑެޕިއުޓީ ގަވަ

ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހު ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ވަަރަށް އަވަހަށް ބަލާ، ލަފާ އަރުވާނެކަމަށް މި ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޔުމްނު ރަޝީދުގެ މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތްތައް ފަށާފައިވާކަމަށެވެ. މިއީ ވަރަށް ހައްސާސް މައްސަލައެއް ކަން ފާހަގަ ކުރައްވަމުން މުނައްވަރު ވިދާޅުވީ، މި މައްސަލައިގައި ބަލަން ހުރި ކަންކަން ބަލައި ލަފާ އަރުވަން މާ ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ.
މީގެ އިތުރުން މުނައްވަރު ވިދާޅުވީ މި ކޮމިޝަންގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އަދި މި ނޫސްވެރިންގެ ބައްދަލުވުން ނިމުމަށް ފަހު އެ ކޮމިޝަންގެ ދެވަނަ ބައްދަލުވުން ބާއްވާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
މި ކޮމިޝަންގައި މހާރު ތިއްބަވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި، ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދުގެ އިތުރުން ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641، ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ އަދި އާމިނަތު އީނާސް، ހ. ހަބަރުގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ