މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 547 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އުރީދޫ މޯލްޑިވްސް އިން އިއްޔެ ބުނެފި އެވެ.
ތަފްސީލް - އުރީދޫން އިއްޔެ އާންމުކުރި އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކުގައިވާ ގޮތުން:
އާމްދަނީ އަކީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު %1 ދަށްވުމެއް
ނަމަވެސް ކުންފުނީގެ ސާފު ފައިދާ 168 މިލިއަން ރުފިޔާއަށް އަރާފައިވޭ؛ މިއީ %4ގެ ކުރިއެރުމެއް
ކަސްޓަމަރުންގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރި 405،000 އިން %5 އިތުރުވެ، 426،000އަށް އަރާފައިވޭ
އޫރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު ހަސަން އަލް-ހަމާދީ ވިދާޅުވި ގޮތުގައި، މި ކުރިއެރުން އައިސްފައިވަނީ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ގެނައި އާ ކުރިއެރުންތަކާއި ވިސްނުންތަކާއި ދެމެހެއްޓެނިވި ކުރިއެރުމަށް ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ.
މި ކުއާޓަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ އުރީދޫގެ 5ޖީ ނެޓްވޯކް ރާއްޖޭގެ އާބާދީގެ %80އަށް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން:
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސެމްސަންގް އީސިމް ސްމާޓްވޮޗު ތައާރަފްކުރި
ވަޔަރަބަލް ޓެކްނޮލޮޖީގެ ރޮނގުން އާ ހިދުމަތްތަކެއް ތައާރަފްކުރި
އޫރީދޫން މިދިޔަ ކުއާޓަރުގައި ހިންގި ހަރަކާތްތަކުގެ ތެރޭގައި:
2025 ވަނަ އަހަރުގެ ކަލަންޑަރު ތައާރަފުކުރުން
އެންމެ ބޮޑު ގޭމިން ފެސްޓިވަލް ކަމަށްވާ 'އަލްޓިމޭޓް ގޭމިން ފެސްޓިވަލް' ބޭއްވުން
ރޯދަ މަހާ ގުޅިގެން 'ރޯދައިގެ ނޫރު' އަދި 'ކަރާ ފެޅުން' ފަދަ ހާއްސަ ކެމްޕެއިންތައް
އޫރީދޫން ވަނީ އޭޝިއާ-ޕެސިފިކް ސްޓީވީ އެވޯޑްސްގައި ދެ އެވޯޑެއް ހާސިލުކޮށްފަ އެވެ. އެއީ:
ރާއްޖޭގެ ޓެލެކޮމް ދާއިރާގެ އެންމެ ކުރިއަރާފައިވާ ކުންފުނީގެ އެވޯޑް
އެއާ އެމްބިއުލާންސް ހިދުމަތަށް ލިބުނު އިނޮވޭޓިވް އެޗީވްމަންޓް އިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ އެވޯޑް
އުރީދޫއަށް ފުރަތަމަ ކުއާޓަރުގައި 547 މިލިއަންގެ އާމްދަނީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ