ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ފަހިކޮށްނުދިން މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު މެންބަރު ކުޑޫއަށް ހެލްތު މިނިސްޓްރީން ފަހިކޮށްނުދިން މައްސަލަ މަޖިލީހަށް އޭނާ ހުށަހެޅުއްވީ އިމްތިޔާޒުގެ މައްސަލައެއްގެ ގޮތުގަ އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތީ އަދި ކޮމިޓީއަށް ފޮނުވަން ފާސްކުރީ ވެސް ޕީއެންސީ އާއި އެމްޑީޕީ މެންބަރުންގެ ތާއީދާއެކު އެވެ.
ގުރައިދޫގައި ހުންނަ މަރުކަޒު ބަލަހައްޓަނީ ހެލްތު މިނިސްޓްރީންނެވެ. އެ މަރުކަޒަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް އެދި ހެލްތު މިނިސްޓަރު އަބްދުالله ނާޒިމްއަށް ރައްޔިތުންގެ މަޖިލީހުގެ ލެޓާހެޑުގައި ކުޑޫ ސިޓީއެއް ފޮނުވީ އެޕްރީލް 19، ގަ އެވެ.
އެއީ އެ މަރުކަޒުގެ ހާލަތު ދެނެގަނެ ރިޕޯޓެއް ތައްޔާރު ކުރުމުގެ ބޭނުމަށް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައި ވެ އެވެ. އެ ސިޓީއަށް ގާތްގަނޑަކަށް ދެ މަސްދުވަސް ފާއިތުވެގެންދިޔައިރު ވެސް ހެލްތު މިނިސްޓްރީގެ ފަރާތުން ޖަވާބު ދީފައި ނުވެ އެވެ.
"މިނިސްޓަރު އޮފް ހެލްތު އަބްދުﷲ ނާޒިމް އަށް އޭޕްރިލް 19، 2025 ވަނަ ދުވަހު، ފޮނުވި ސިޓީއަށް ޖަވާބެއް ނުދެއްވުމަކީ، ރައްޔިތުންގެ މަޖިލިސްގެ އިމްތިޔާޒުތަކާއި، ބާރުތަކުގެ ގާނޫނަށް ތަބާނުވުން ކަމަށް އަޅުގަނޑަށް ސިފަކުރެވޭ،" ކުޑޫ ހުށަހެޅުއްވި މައްސަލާގައި ބަޔާންކޮށްފައި ވެ އެވެ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ހުރިހާ އޮފީހަކުން އެއްބާރުލުން ދިނުމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ލާޒިމު ކަމެކެވެ. އަދި މެންބަރަކު ހޯދަން އެދޭ މައުލޫމާތުތައް އެ މެންބަރުންނަށް ފޯރުކޮށްދިނުމަކީ ވެސް އެ ގާނޫނުގެ ދަށުން އިދާރާތަކުން ކުރަން ޖެހޭ ކަމެކެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން މެންބަރު ކުޑޫއަށް ފުރުސަތު ނުދިން މައްސަލަ ކޮމިޓީއަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން މެންބަރު ކުޑޫއަށް ފުރުސަތު ނުދިން މައްސަލަ ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ