ކުޅުދުއްފުށި ކައިރިއަށް މަސް ހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް، މުހައްމަދު މޫސާ ވިދާޅުވީ މިޔަރު ހަމަލާ ދިނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އެ މީހާގެ ހާލު މިހާރު ސްޓޭބަލް ކަމަށް މޫސާ ވިދާޅުވި އެވެ.
"ހަމަލާ ދިނީ ކަނާއަތު ކޮނޑު ސަރަހައްދަށް، ހަމަލާގައި ކޮނޑު ހުޅު ނެއްޓިފައި އޮތީ، އެކަމަކު މިހާރު ހަމަ ސްޓެބިލައިޒްޑް، ކޮނޑު ހުޅު އަޅުވައި ލޭ މަނާ ކުރެވިފައި ވަނީ،" މޫސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒަހަމުވި މީހާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު 6:45 ހާއިރު ކަމަށެވެ. އެ މީހާ ސްޓެބިލައިޒް ކުރެވިފައިވީ ނަމަވެސް ޒަހަމުވި ތަނުގެ ހަންގަނޑު ވަރަށް ބޮޑަށް ހަލާކުވެފައި ވާތީ އިތުރު ފަރުވާއަށް މާލެ ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޫސާ ވިދާޅުވި އެވެ.
"ހަމަލާ އަމާޒުވި ތަނުގެ ހަންގަނޑަށް ވަރަށް ބޮޑަށް ގެއްލުންވެފައި ހުރީމާ ޕްލާސްޓިކް ސާޖަންއަކަށް ރިފާ ކުރަނީ. މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން މިހާރު ދަނީ،" މޫސާ ވިދާޅުވި އެވެ.
މިޔަރު ހަމަލާއެއްގައި ކުޅުދުއްފުށި ކައިރިން މީހަކު މިއަދު ޒަހަމުވެފައިވާއިރު، މިދިޔަ އަހަރުގެ ޖޫން މަހު ވެސް މިޔަރު ހަމަލާއެއްގައި މީހަކު މަރުވި އެވެ. ލ. އަތޮޅުގައި އެމްއެންޑީއެފްގެ ތަމްރީނު ޕްރޮގުރާމެއްގައި އުޅެނިކޮށް މިޔަރު ހަމަލާއެއް އަމާޒުވެ މަރުވީ ލާންސްކޯޕްރަލް، މުހައްމަދު ޒައިދާން, 23، އެވެ.
ކުޅުދުއްފުށި ކައިރިން މިޔަރެއް ހަމަލާދީ މީހަކު ޒަހަމުކޮށްލައިފި ކުޅުދުއްފުށި ކައިރިން މިޔަރެއް ހަމަލާދީ މީހަކު ޒަހަމުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ