ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަންކޮށްފި އެވެ.
އެ އޮފީހުން އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ބޯޑަށް އަލަން އައްޔަންކުރީ އަހުމަދު ސަރުވަޝް އާދަމް އަދި އަބްދުލް މަޖީދު އަލީ އެވެ. އެ ދެ ބޭފުޅުން ބޯޑަށް އައްޔަންކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
ސަރުވަޝް އަކީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ޖެނުއަރީ 27، 2024 ގަ އެވެ. އޭގެއިތުރުން މީރާގެ ޗެއާޕާސަން ކަމާއި އެމްއެމްއޭގެ ބޯޑު މެންބަރުކަންވެސް އޭނާ ކުރެއްވި އެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިވިޝަންގެ ވެރިއެއްގެ ގޮތުގައި ހުންނެވި ސަރުވަޝް 2016 އިން ފެށިގެން ނިމިދިޔަ ދެ ސަރުކާރާއި މި ސަރުކާރުގެ ފުރަތަމަ ބަޖެޓު އެކުލަވާލުމުގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅާ އެވެ.
އޭނާ ތައުލީމު ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ނޮޓިންހަމް ޔުނިވަސީޓި އަދި އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީންނެވެ.
ޕެންޝަން ބޯޑަށް ދެން އައްޔަންކުރި މަޖީދަކީ މީގެކުރިންވެސް އެ ބޯޑުގައި އިންނެވި ބޭފުޅެކެވެ. ބީއެމްއެލްގައިވެސް މަސައްކަތްކުރެއްވި މަޖީދު ތައުލީމު ހާސްލުކުރެއްވީ ވޭލްސްގެ ކާޑިފް ޔުނިވަސިޓީންނެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް ސަރުވަޝް އަދި މަޖީދު ޕެންޝަން އޮފީހުގެ ބޯޑަށް ސަރުވަޝް އަދި މަޖީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ