ރާއްޖޭގެ އޭވިއޭޝަން ސިނާއަތުގައި ފުރަތަމަ ބޭނުންކުރި ޑޯނިއާ 2 މަތިންދާ ބޯޓު ކުޑަގިރި ފަޅުތެރެއަށް ފައްތާ ކުޑަގިރި ދޫނިއާ ރެކް ޑައިވް ސައިޓު ހުޅުވާލައިފިއެވެ.
މި ޑައިވް ސައިޓަކީ އެމްއެމްޕީއާރްސީއާއި، އެޗްޑީސީގެ އިތުރުން އެމްޓީސީސީ ގުޅިގެން ތަރައްގީކޮށްފައިވާ ޑައިވް ސައިޓެކެވެ. މި ޑައިވް ސައިޓް ތަރައްގީކުރުމަށް، ރާއްޖޭގައި އޭވިއޭޝަން ސިނާޢަތް ފެށުމަށް އޭރުގެ އެއާ މޯލްޑިވްސްއިން ބޭނުންކުރި ޑޯނިއާ 228 މަރުކާގެ، 2 އެއަާ ކްރާފްޓް ވަނީ މޫދަށް ފައްތާފައެވެ. މިޑައިވް ރެކް ސައިޓަށް ކިޔަނީ "ދޫނިއާ ރެކް"އެވެ.
އެޗްޑީސީން ބުނީ މި ސައިޓަކީ ފަތުރުވެރިންނާއި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޝައުގުވެރި ތަނެއްގެ ގޮތުގައި އިތުރަށް ތަރައްގީކުރުމުގެ ގޮތުން ސައިޓުގައި މުރަކަ އިންދުމުގެ މަސައްކަތް އެކުންފުނިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. ކުޑަގިރި ފަޅުތެރޭގައި ތަރައްގީކޮށްފައިވާ މި ސަރަޙައްދު ބަލަހައްޓާނީ އެޗްޑީސީންނެވެ.
މި މަޝްރޫއުގެ މަސައްކަތް ފެށުމުގެ ކުރިން އީއައިއޭ ހަދާފައިވާއިރު، މަތިންދާބޯޓު ގެންގުޅުމާއި، އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ތެރޭގައި ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި މަސައްކަތުގައި ބައިވެރިވާ މީހުންނަށް ސިއްހީ އަދި ޖިސްމާނީ ގޮތުން ކުރިމަތިވެދާނެ ގެއްލުމުގެ ނުރައްކާ ކުޑަކުރުމަށް ޒިންމާދާރު ފަރާތުން ބައިވެރީންނަށް ރައްކާތެރިކަމާއެކު މަސައްކަތް ކުރުމުގެ އުސޫލުތައް ކިޔައިދީ ތަމްރީނުކުރަންޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.
ޑޯނިއާ 2 މަތިންދާ ބޯޓު ފައްތައިގެން ތަރައްގީކުރި ކުޑަގިރި ދޫނިއާ ރެކް ޑައިވް ސައިޓު ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ