ސާޅިސް އެއް ގައުމެއްގެ ރައްޔިތުންގެ ދަތުރުފަތުރަށް އާ ހުރަސްތަކެއް ގެނައުމަށް އެމެރިކާ ސަރުކާރުން ވިސްނާކަމަށް މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ދީފައިވާކަމަށާއި، ރޯއިޓާސް އަށް ލިބުނު އެތެރޭގެ ލިޔުމަކުން ހާމަވެފައިވާކަމަށް އެ ނޫސް އޭޖެންސީން ބުނެފި އެވެ.
ނަން ހާމަނުކުރުމަށް ސަރުތުކޮށް ވާހަކަ ދެއްކި އެމެރިކާގެ އޮފިޝަލަކު ބުނެފައިވަނީ މި ލިސްޓަށް ބަދަލު އައުން އެކަށީގެންވާ ކަމަށާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހިމެނޭ ސަރުކާރުގެ ފަރާތުން އަދި މިއަށް ހުއްދަ ލިބިފައިނުވާ ކަމަށެވެ.
މި ލިޔުމުގައި ޖުމްލަ 41 ގައުމެއް ތިން ގްރޫޕަކަށް ބަހާލައިފައިވެ އެވެ.
މުޅިން ވީޒާ ހިފެހެއްޓުމަށް ހުށަހަޅާފައިވާ ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން، ކިއުބާ، އީރާން، ލީބިޔާ، ނޯތު ކޮރެއާ، ސޯމާލިއާ، ސޫދާން، ސީރިއާ، ވެނެޒުއެލާ އަދި ޔަމަން ހިމެނެ އެވެ.
ބައެއް ވީޒާތައް ހިފެހެއްޓުމަށް ހުށަހަޅާފައިވާ ގައުމުތަކުގެ ތެރޭގައި (ޓޫރިސްޓް، ދަރިވަރު އަދި އިތުރު ބައެއް ވީޒާތައް) އެރިޓްރިއާ، ހެއިޓީ، ލާއޯސް، މިޔަންމާ އަދި ސައުތު ސޫދާން ހިމެނެ އެވެ.
އެ ގައުމުތަކުން މައްސަލަތައް ހައްލު ނުކޮށްފިނަމަ ބައެއް ވީޒާތައް ހިފެހެއްޓުމަށް ހުށަހަޅާފައިވާ ގައުމުތަކުގެ ތެރޭގައި އެންގޯލާ، އެންޓިގުއާ އެންޑް ބާބޫޑާ، ބެލަރޫސް، ބެނިން، ބޫޓާން، ބުރުކީނާ ފާސޯ، ކާބޯ ވަރުދޭ، ކެމްބޯޑިއާ، ކެމަރޫން، ޗާޑް، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ޑޮމިނިކާ، އިކުއޭޓޯރިއަލް ގިނީ، ގެމްބިއާ އަދި ލައިބީރިއާ ހިމެނެ އެވެ.
41 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅުމަށް ޓްރަމްޕް ސަރުކާރުން ރާވަމުންދާކަމަށް ރިޕޯޓްތައް ބުނޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ