ދެވަނަ ކައިވެންޏެއް ކުރުމުން އާއްމުން ފާޑުކިޔާތީ އެކްޓަރު ނާގާ ހިތްހަމަނުޖެހިފައި

ފުރަތަމަ ކައިވެނި ރޫޅުނުތާ ތިން އަހަރު ފަހުން ދެވަނަ ކައިވެންޏެއް ކުރުމާއެކު ބޮޑު ކުށެއް ކުރެވިފައިވާ ކުށްވެރިއެއްގެ 'ޓެގު' އަޅުވާފައިވާ ކަމަށް ސައުތު ސިނަމާގެ އެކްޓަރު ނާގާ ޗައިތަންޔަ ބުނެފިއެވެ. ނާގާ ދާދިފަހުން ބައިވެރިވި ޕޮޑްކާސްޓް ޝޯއެއްގައި އެކްޓަރު ވަނީ މިކަމާ ގުޅިގެން ވަރަށް ތަފުސީލުކޮށް ވާހަކަ ދައްކާފައެވެ. އަލަތު ކައިވެނި ރޫޅުމަށްފަހު އަލުން ހަޔާތަށް ބައިވެރިއަކު ހޯދައި ދެވަނަ ކައިވެންޏެއް ކުރުމަކީ ހަމައެކަނި ނާގާއަށް ދިމާވެފައިވާ ކަމެއް ނޫން ކަމަށް މި ޕޮޑްކާސްޓުގައި އެކްޓަރު ވަނީ ބުނެފައެވެ. ނާގާ މިހާރުގެ އަންހެނުން ސޮބީތާ ދުލިޕާލާއާއަ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ އެހެން ދިމާވެފައިވާ އެތައް ބަޔަކު ފިލްމު އިންޑަސްޓްރީގައި ތިބި ނަމަވެސް އޭނާ އަކީ ބޮޑު ކުށެއް ކޮށްފައިވާ ކުށްވެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާތީ އެކަމާ ހައިރާންވާ ކަމަށް ނާގާ ވަނީ ބުނެފައެވެ. ނާގާ ކުޑައިރު އޭނާގެ މައިންބަފައިންގެ ކައިވެނީގައި މައްސަލަޖެހި އެ ކައިވެނި ރޫޅުނު މަންޒަރު ވަރަށް ގާތުން ތަޖުރިބާކޮށްފައިވާތީ އަލަތު ކައިވެނި ރޫޅާލުމުގެ ކުރިން އެތައް ފަހަރަކު އެ ނިންމުމާ މެދު ވިސްނި ކަމަށް ބޮލީވުޑް ފިލްމު "ލާލް ސިންގް ޗައްދާ"ގެ އެކްޓަރު ވަނީ ބުނެފައެވެ. ސަމަންތާއާ ނާގާގެ ކައިވެންޏަށް ހަތަރު އަހަރު ފަހުން ރޫޅާލަން ނިންމީ ދެ މީހުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ނާގާ ވަނީ ބުނެފައެވެ. ނާގާ ކުރީގެ އަންހެނުން ސަމަންތާއާއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ އެ ނިންމުމަށް ދެ ތަރިންނާއި އާއިލާގެ ފަރާތުން ވެސް އިހުތިރާމު ކުރި ކަމަށާއި ކައިވެނި ރޫޅާލަން ނިންމީ ދެ މީހުންގެ ވެސް އަމިއްލަ ސަބަބުތަކެއް ހުރުމުން ކަމަށް މި ޕޮޑްކާސްޓުގައި ނާގާ ވަނީ ބުނެފައެވެ. ސަމަންތާއާ ދެ މީހުން ވަކިވިކަން އިއުލާނު ކުރުމާއެކު ވަރަށް ގިނަ ބައެއްގެ ނުރުހުން ދެ ތަރިންނަށް ވެސް ރައްދުވިއެވެ. މީޑިއާތަކުންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެއްބަޔަކު އަނެއް ބަޔަކު ބަހުސް ކުރަމުން ދިޔައިރު ހަގީގަތާ ޚިލާފު އެތައް ވާހަކަތަކެއް ވުޖޫދަށް އައި ކަމަށް ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ނާގާ ވަނީ ބުނެފައެވެ. ދެ ތަރިންގެ ނިންމުމަށް އިހުތިރާމް ކުރުމަށާއި ޕްރައިވެސީ ދިނުމަށް އެދުމުން ވެސް އެކަމަށް ގިނަ ބަޔަކު ދިނީ ބީރު ކަންފަތެއްކަން މި ޕޮޑްކާސްޓުގައި އެކްޓަރު ވަނީ ފާހަގަކޮށްފައެވެ. ދެވަނަ ކައިވެނި ރޫޅުނުތާ ހަތަރު އަހަރު ފަހުން ނާގާ ވަނީ އިންޑިއާގެ ބަތަލާ ސޮބީތާ ދުލިޕާލާއާ މިދިޔަ އަހަރު ކައިވެނިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ