ކުޑަކުދިންގެ ވެކްސިން ކާޑު ޑިޖިޓަލައިޒްކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މި ޕޯޓަލްއަކީ ތުއްތުކުދިންގެ ޑިޖިޓަލް ވެކްސިނޭޝަން ކާޑާއި ހެދިބޮޑުވުމުގެ ޗާޓު އަދި ހެދިބޮޑުވަމުންދާ މިންވަރު ދެނެގަނެވޭނެ ހަރުފަތްތަކާއި ވިޓަމިން އޭ އަދި ފަނި ބޭސް ދެމުންދާގޮތުގެ މައުލޫމާތު ބެލެނިވެރިންނަށް ފެންނަން ހުންނާނެ ޕޯޓަލްއެކެވެ.
އެ މިނިސްޓްރީން ބުނީ ޕްރައިމަރީ ހެލްތް ކެއަރ މޮޑަލް ރޯލްއައުޓްކުރަމުންދާ އަތޮޅުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އެ ފަރާތްތަކުގެ މައުލޫމާތު ވެސް މި ޕޯޓަލްއިން ފެންނަން ހުންނާނެކަމަށެވެ.
ބެލެނިވެރިޔާއަށް މި ޕޯޓަލްއަށް ވަދެވޭނީ ބެލެނިވެރިޔާގެ އީފާސް މެދުވެރިކޮށެވެ. މިނިސްޓްރީން ބުނީ އީފާސް އެކައުންޓެއް ނެތް ބެލެނިވެރިއެއްނަމަ އިފާސްއަށް ރެޖިސްޓަރ ކުރުމަށްފަހު މި ޕޯޓަލްގެ ޚިިދުމަތް ބޭނުންކުރެވޭނެކަމަށެވެ.
ކުޑަކުދިންގެ ވެކްސިން ކާޑު ޑިޖިޓަލައިޒްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ