ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ޚަރަދުވި ފައިސާގެ ތަފްސީލު ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ހާމަކުރި މައުލޫމާތުގައިވާގޮތުން ދަތުރުފުޅަށް ދިވެހި ސަރުކާރުން 1،371،069.18 (އެއް މިލިއަން ތިން ލައްކަ ހަތްދިހަ އެއްހާސް ފަސްދޮޅަށް ނުވަ ރުފިޔާ / އަށާރަ ލާރި) ވަނީ ހޭދަވިއެވެ.
ސަރުކާރުން ފައިސާގެ ޖުމުލަ ޢަދަދު ހާމަކުރި ނަމަވެސް، ފައިސާ ޚަރަދުވީ ކޮން ކަންކަމަކަށްކަން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް މުއިއްޒު، އެސްޓޯނިއާއަށް ދަތުރު ކުރެއްވީ މިމަހުގެ 13 އިން 17 އަށެވެ. ރައީސްގެ މިދަތުރުފުޅުގެ ތެރެއިން އެގައުމުގެ ފެންވަރު ރަނގަޅު ތައުލީމީ ނިޒާމާއި، އުނގެނުމުގައި ގެންގުޅޭ އިޖާދީ އުކުޅުތަކާއި ކާމިޔާބީގެ އެހީގައި ރާއްޖޭގެ ތައުލީމީ ނިޒާމު ފުޅާކުރައްވައި، އެ ގައުމުގައި ދިވެހިންނަށް މަތީ ތައުލީމު ހާސިލުކުރުމަށް ޔުނިވާސިޓީތަކުން ޖާގަ ހޯއްދެވުމަށް މަޝްވަރާ ކުރެވުނެވެ. އަދި ހަރަދު ކުޑަ އަދި ވަޒަންހަމަ އިސްތިރާޖީ ޑިޖިޓަލް ހައްލުތައް ހޯދުމުގެ މުހިންމު ކަމާއި ރާއްޖޭގައި އެކަންކަން ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށް ހިޔާލު ބަދަލު ކުރެވުނުވެ.
ރައީސް އެސްޓޯނިއާ ދަތުރުފުޅު: ހޭދަވީ 1.3 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ