މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގައި ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފައިވާ ފަރާތަކުން އިތުރު ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދާފައިވޭތޯ ބެލުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ކެލާ/ ގަހާ، އާދަމް އިރުޝާން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މިހާތަނަށް ކުރެވިފައިވާ ތަޙުޤީޤުތަކުން ދައްކާ ގޮތުގައި އޭނާ އެކި ފަރާތްތަކާ މުޢާމަލާތް ކޮށްފައިވަނީ "ކެލާ އަހައްމަދު" ގެ ނަމުގައެވެ.
މި މައްސަލައާ ގުޅިގެން އާދަމް އިރުޝާންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ އިތުރު ފަރާތްތަކެއް ހުރިނަމަ، އެކަމުގެ މަޢުލޫމާތު ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނާ ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަޢުލޫމާތު ހިއްސާކުރުމަށް ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 4005022 އަދި 9791462 އަށް ގުޅުމަށް ފުލުހުން އެދިފައިވެއެވެ. އަދި މިފަދަ މައްސަލަތަކުގައި އާންމު ރައްޔިތުން ދެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.
މަކަރާއި ހީލަތުގެ މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު އިތުރު ބަޔަކަށް އޮޅުވާލާފައިވޭތޯ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ