ދާލު މަސްވެރިންނަށް ފަސޭހައެއް | ބަނޑިދޫގައި އައިސް ޕްލާންޓެއް

ބަނޑިދޫގައި ބިންގާ އެޅި އައިސް ޕްލާންޓަކީ 50 މެޓްރިކް ޓަނުގެ އައިސް އުފެއްދޭނެ އައިސް ޕްލާންޓެކެވެ.
ދާލު އަތޮޅުގެ މަސްވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ބޮޑު ބަދަލެއް އަންނާނެ ބަދަލެއް ފެނިގެންދާ ބަނޑިދޫ އައިސްޕްލާންޓުގެ ބިންގާ އަޅައިފި އެވެ. 
ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުމުގައި ބަނޑިދޫގައި ބިންގާ އެޅި އައިސް ޕްލާންޓަކީ 50 މެޓްރިކް ޓަނުގެ އައިސް އުފެއްދޭނެ އައިސް ޕްލާންޓެކެވެ. މި ޕްލާންޓުގެ ބިންގާ އެޅީ މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިހާމް އާއި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ.ވިތާލީ ލިޔުބޮމިވް އެވެ. 
ސަރުކާރުގެ ބަޖެޓުން އަޅަން ނިންމި މި އައިސް ޕްލާންޓުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 
މިފްކޯ އިން ދަނީ އައިސް ޕްލާންޓް ވިއުގަ ވަރުގަދަ ކުރަމުންނެވެ. އެ ކުންފުނިން ދާދިފަހުން ވަނީ ފެނަކައިން ބެލެހެއްޓި 15 އައިސްޕްލާންޓާ ހަވާލުވެފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ