އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ފަނޑިޔާރުގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހަޅައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ފަނޑިޔާރުކަމުން ސަސްޕެންޑުކޮށްފައިހުރި އަޒްމިރަލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފަނޑިޔާރުގެ ފަރާތުން ފުލުހުގައި އެދިފައިވަނީ މި މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ކަމަށެވެ. މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ އެވެ.
މީގެ އިތުރުން، ފަނޑިޔާރު އަޒްމިރަލްދާއަށް ދައުލަތުގެ އިސްވެރިން ނުފޫޒު ފޯރުވަން މަސައްކަތްކުރި މައްސަލާގައި ވެސް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފައިވެ އެވެ.
އޭސީސީން ޖިނާއީ މައްސަލައެއް ބަލަމުންދާ ކަަމަށް ބުނެ ޖޭއެސްސީން އަޒްމިރަލްދާ އާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ސަސްޕެންޑުކުރީ ފެބްރުއަރީ 26، ގަ އެވެ. ސަސްޕެންޑު ކުރި ފަހުން ސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އަޒްމިރަލްދާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ކޮބައި ކަމެއް މިހާތަނަށް އޭސީސީ އާއި ޖޭއެސްސީން ވެސް ނުބުނި އެވެ. އޭސީސީން ވަނީ އާރުޓީއައި ހުށަހެޅުމުން ވެސް އެ މައްސަލައިގެ އެއްވެސް ތަފުސީލެއް ހާމަކުރަން ދެކޮޅު ހަދާފަ އެވެ.
ހުލާސާކޮށް އިއްޔެ: ޝާމިލްގެ މައްޗަށް ފުލުފުލުގައި ބޮޑެތި ތުހުމަތު ހުލާސާކޮށް އިއްޔެ: ޝާމިލްގެ މައްޗަށް ފުލުފުލުގައި ބޮޑެތި ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ