ޖޯޖިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 23) - ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ކުޅުނު ދެ ވަނަ މެޗުތަކުން ވެސް ތަފާތު ބޮޑުކޮށް މޮޅުވެ، ބާކީ މެޗެއް އޮއްވައި، މެންޗެސްޓާ ސިޓީ އާއި ޔުވެންޓަސް އިން މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
އެ ގޮތުން، ރޭ މޮރޮކޯގެ ވައިދާދް އޭސީ އަތުން ޔުވެންޓަސް 4-1 އިން މޮޅުވިއިރު، ޔޫއޭއީގެ އަލް އައިން އަތުން މެންޗެސްޓާ ސިޓީ މޮޅުވީ، 6-0 އިންނެވެ.
ސިޓީ އާއި ޔުވެންޓަސް ފަހު މެޗުގައި، ބައްދަލުކުރާނީ ގްރޫޕްގެ އެއް ވަނަ ޓީމު ކަނޑައެޅުމަށެވެ. މި ވަގުތު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ޔުވެންޓަސް އެވެ.
ފިލަޑެލްފިއާގެ ލިންކޮން ފައިނޭންޝިއަލް ފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި ޔުވެންޓަސް އިން ލީޑުނެގީ ވައިދާދުގެ އަބްދުލްމޫނައިމް ބައުތޫލް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ފަހުން، ކެނާން ޔިލްޑީޒް ވަނީ ޔުވެންޓަސްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ވައިދާދްގެ ކްރިސްޓޮފާ ލޯޝް އެ ޓީމަށް ލަނޑެއް ޖަހައިދިންއިރު، އޭގެ ފަހުން، ޔުވެންޓަސް އިން ލަނޑުތައް ޖެހީ، ޔިލްޑީޒް އާއި ޑޫސާން ވްލާހޮވިޗް އެވެ.
މަސެޑީޒް ބެންޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ސިޓީން އަލް އައިން ކޮޅަށް ގޯލުތައް ޖެހީ، އިލްކާއި ގުންޑޮގާން ދެ ގޯލުގެ އިތުރުން، ކްލައުޑިއޯ އެޗެވެރީ، އާލިން ބްރައުޓް ހާލަންޑް، އޮސްކާ ބޮބް އަދި ރަޔާން ޗާކީ އެވެ. މީގެ ތެރެއިން ޗާކީ އާއި އެޗެވެރީ މި ޖެހީ ސިޓީއާ ގުޅުނު ފަހުން ކާމިޔާބުކޮށްދިން ފުރަަތަމަ ގޯލެވެ.
ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ބުރުން ސިޓީ އާއި ޔުވެންޓަސްގެ އިތުރުން ޖާގަ ހޯދައިފައިވަނީ، ފްލަމެންގޯ އާއި ބަޔާން މިއުނިކް އެވެ.
ސިޓީ އާއި ޔުވެންޓަސް ކްލަބް ވޯލްޑް ކަޕް ދެ ވަނަ ބުރަށް ސިޓީ އާއި ޔުވެންޓަސް ކްލަބް ވޯލްޑް ކަޕް ދެ ވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ