ކުރިއަށް އޮތް ބައިގަޑީރު ތެރޭގައި މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި ހުންނަ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށެވެ.
އަދި ކަރަންޑުގެ ހިދުމަތް މެދު ކެނޑުމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.
މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް ދޭން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު- ސިނަމާލެ ބްރިޖު- މެދުވެރިކޮށް 100 ކިލޯވޮޓްގެ ކަރަންޓުގެ ވިއުގައެއް އަޅާފައިވެ އެވެ.
މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯ އިން ދަނީ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ދަށުން މި ހިދުމަ ތަކަށް ޒަމާނީ ބަދަލުތަ ކެއް ގެނެސް ކަސްޓަމަރުންނާ ގާތުން ހިދުމަތް ދޭން ވަނީ ފަށާފަ އެވެ.
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ