އެކުގައި މަސައްކަތް ކުރަން ޕީޕީއެމަށް ދަޢުވަތެއް ނުދެން: އުމަރު

އެކުގައި މަސައްކަތް ކުރަން ޕީޕީއެމަށް ދައުވަތެއް ދީފައި ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ އެކުގައި މަސައްކަތް ކުރަން ޕީޕީއެމަށް އުމަރު ދަޢުވަތު ދެއްވި ކަމަށް މީޑިޔާއަކުން ރިޕޯޓުު ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އުމަރު ވިދާޅުވީ އެފަދަ ޚަބަރެއް ރިޕޯޓު ކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
އެކުގައި މަސައްކަތް ކުރަން ޕީޕީއެމް އަށް އޭނާ ދަޢުވަތު ދީފައި ނުވާއިރު، ޕީޕީއެމް އިން އޭނާ އަށް ވެސް ދަޢުވަތެއް ދީފައި ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރަކީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނަވައި، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާ ވާދަކުރެއްވި ބޭފުޅެކެވެ. އުމަރު ފަހުން ހުންނެވީ ރައީސް ޔާމީންގެ ވެރިކަމުގައި، ހޯމް މިނިސްޓަރުގެ މަޤާމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ