ހުލާސާކޮށް އިއްޔެ: ވަގު ފޯމުގައި ފާފަވެރި އެތައް އަމަލެއް ހުލާސާކޮށް އިއްޔެ: ވަގު ފޯމުގައި ފާފަވެރި އެތައް އަމަލެއް

އެތައް ހާސް ދިވެހި ރައްޔިތުންނަށް ނޭނގި އެބައި މީހުންގެ ނަން ނަމުގައި އެކި އެކި ސިޔާސީ ޕާޓީތަކަށް އެ މީހުން ވައްދައި، އެ މީހުންގެ ނަންނަމުގައި ރަސްމީ ފޯމު ހަދައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަކީ ވަރަށް އާންމު ކަމަކަށް މި ފަހަކުން އައިސް ވެއްޖެ އެވެ. އަދި މިކަމުގައި އިންތިޒާމީ ސިފައެއްގައި ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވެނީ ސިޔާސީ ބޮޑުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައްކަމަށްވެފައި، މިކަމުގައި އާންމު ރައްޔިތުންގެ އެތަކެއް ހައްގުތައް ހިމެނޭކަމަށްޓަކައި، އަދަދުގެ ލިޔުންތެރިޔާ ރޫޙުލްއަމީން ޢަބްދުﷲގެ އިއްޔެ ލިޔުން ހާއްސަކުރީ ޕާޓީ ބަދަލުކުރުމަށް ވަގު ފޯމުތައް ހެދުމާއި އެފަދަ ފޯމުތައް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގައި ހުރި ދީނީ ހުކުމްތަކަށް ކަޅިއެއް އެއްލައި ސިކުނޑި ހިންގާލަން މަގެއް ކޮށާލަދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ