ޖަރުމަންގެ ބުންޑެސްލީގާގެ ކްލަބް ބޮރޫޝިޔާ ޑޯޓްމަންޑްގެ ކޯޗު ކަމުގެ މަގާމުން ނޫރީ ސަހީން ވަކިކޮށްފި އެވެ.
ފިނި މޫސުމަށް ކުޅުން މެދު ކަނޑާލުމަށްފަހު އަލުން ކުޅުން ފަށާފައިވާއިރު އެންމެ ފަހުން ބޮރޫޝިޔާ ޑޯޓްމަންޑް ކުޅުނު ހަތަރު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ބޮލޯނާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވިތާ ގިނައިރުތަކެއް ނުވަނީސް އެ ކްލަބުން ވަނީ ސަހީން މަގާމުން ވަކިކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގައި ގަދަ 16 ގެ ޖާގައެއް ހޯދުމަށް ބޮރޫޝިޔާއަށް މިހާރު ޖެހޭނީ ޝާޚްތާރު ޑޮނެސްކް އަތުން މޮޅުވެ އެހެން ޓީމުތަކުގެ ނަތީޖާ އެ ޓީމަށް ފުރުސަތު ބޮޑުވާ ގޮތަށް ނިމިއްޖެނަމަ މުބާރާތުގެ ގަދަ 16ގެ ސީދާ ޖާގައެއް ލިބިގެންދާނެ އެވެ.
އުމުރުން 36 އަހަރުގެ ސަހީން ވަނީ ދެ ފަހަރެއްގެ މަތިން ޑޯޓްމަންޑަށް ކުޅެފަ އެވެ. އޭނާ ޑޯޓްމަންޑްގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ.
ބޮރޫޝިޔާ ޑޯޓްމަންޑަށް ލީގުގައި ފަހަކަށް އައިސް ހޯދިފައިވާ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ. ގަދަ ހަތަރެއްގެ ޖާގަ އާއި ދެމެދު 7 ޕޮއިންޓުގެ ތަފާތެއް އޮތްއިރު ކުރިއަށް އޮތް ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ގަދަ ހަތަރެއްގައި ހިމެނުމަކީ އެ ޓީމަށް މުހިންމު ކަމެކެވެ.
ޑޯޓްމަންޑް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަހީން އެ ކްލަބުގެ ކޯޗުގެ މަގާމަށް ހަމަޖައްސާފައިވަނީ ގިނަ ކަންތައްތަކެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށާއި ނަމަވެސް ފަހަކަށް އައިސް އެ ޓީމަށް ހޯދިފައިވާ ދަށް ނަތީޖާތަކުގެ ސަބަބުން އެ ކްލަބުން ހާސިލު ކުރަން ބޭނުންވާ ކަންތައްތައް ހާސިލު ކުރުމަކީ އުނދަގޫ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި މިއީ އުނދަގޫ ނިންމުމެއް ނަމަވެސް މިއީ މިވަގުތަށް ކްލަބަށް އެންމެ ފައިދާހުރި ގޮތް ކަމަށްވެސް އެ ކްލަބުން ވަނީ ބުނެފަ އެވެ.
ޑޯޓްމަންޑުގެ ކޯޗު ކަމުން ސަހީން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ