މިވަގުތު ބަންދުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
ގާސިމް ކޯޓަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސްް މަސީހުގެ ވޯޓާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދޭން އޭނާ އުޅުއްވި ކަމަށް ބުނެ ކުރާ ތިން ދައުވާއެއްގެ އަޑުއެހުމަށެވެ.
ގާސިމްގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުން އިތުރު ދައުރަކަށް ހޮވައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ޖަލްސާއެއްގައި ގާސިމް ވިދާޅުވުމުންނެވެ.
މިއަދު ގެ އަޑުއެހުމުގައި އޮންނާނީ ގާސިމްގެ ފަރާތުން ޖަވާބުދާރީވުމެވެ. އެ މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ.
ގާސިމް ކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ