ނޫހުފާނުގެ އޮޑިކޮޅުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ދައްކަވާއިރު ސަރުކާރަކީ އަނިޔާވެރި އޮޑިއެއް ކަމަށާއި އެއަށް އަރާ މީހަކު ވާނީ ޣަރަގު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ހަސަން ވިދާޅުވީ، ރަ ސަރުކާރުން ކުރާ ޣައިރުގާނޫނީ ކަންކަން ގާނޫނުއަސާސީއާއި އިސްލާމްދީނާއި ދިވެހި އުންމަތުގެ ހައްގުގައި ހުއްޓާލުމަށާއި, ގާނޫނާ ޚިލާފަށް ފުލުހުންގެ މުއައްސަސާއިންނާއި އަދި އެހެން މުއައްސަސާތަކުން ވެސް އަމަލުކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
"ފުލުސް އޮފީހަށް ގާސިމް އިބްރާހީމް މިގެންދިޔައީ މި ޕޯޑިއަމްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމަށް ބުނަނީ. އެމަނިކުފާނާ އެހީވާ ބޭފުޅަކަށް އެހީވާނެ ކަމަށް ވިދާޅުވުމުން ކަމަށް ބުނަނީ. އެމަނިކުފާނު މާކުރިން އެވާހަކަ ވިދާޅުވެއްޖެ. އުމުރުފުޅުން 19 އަހަރުގައި އެވާހަކަ ވިދާޅުވެއްޖެ. އެހެންވީމަ މިވަރުވީމަ ދެންނެވޭނީ ސޮރީީއޭ. ކުފޫހަމައެއް ނުވެއޭ" އިބްރާހީމް ހަސަން ވިދާޅުވިއެވެ.
އިތުރަށް އިބްރާހިމް ހަސަން ވިދާޅުވީ ގައުމު ބިނާކުރެއްވި ހުރިހާ ބޭފުޅުން ފަނާކޮށްލާފައިވާ ކަމަށާއި , ގައުމު ފަނާވެގެންދާތަން ބަލަން ގައުމުގެ މުއައްސަސާތަކާއި ރައްޔިތުން ނުތިބުމަށެވެ.
އިބްރާހީމް ހަސަން ވިދާޅުވީ އަނިޔާވެރި ވެރިއަކާ ދެކޮޅަށް ނުކުތުމަކީ އެންމެ ބޮޑު ޖިހާދު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގައުމަށްޓަކައި ތެދުވަންޖެހޭ ކަމަށެވެ.
ސަރުކާރުގެ އޮޑިއަށް އަރާ މީހަކު ވާނީ ޢަރަގު: ތޮއްޑޫ ދާއިރާގެ މެމްބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ