ކުރިނބީ ބަނދަރުގެ މަސައްކަތް ރައްޔިތުން ނުކުމެ ހުއްޓުވައިފި
ހދ. ކުރިނބީ ބަނދަރުގެ މަސައްކަތް އެ ރަށު ރައްޔިތުން ނުކުމެ މިއަދު ހުއްޓުވައިފި އެވެ.އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު މުޖުތަބާ ވިދާޅުވި ގޮތުގައި ބަނދަރުގެ މަސައްކަތް ހުއްޓުވީ "ރައީސް ޔާމީންގެ ވައުދާ އެއްގޮތަށް ބަނދަރުގެ މަސައްކަތް ކުރިއަށް ނުގެންދާތީ" އެވެ. "ރައީސް ޔާމީންގެ ވައުދަކީ ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ނިންމައިދިނުން. ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުން ހިތްހަމަ ނުޖެހުނީ. މިކަމުގައި ހައުސިން މިނިސްޓްރީން ވެސް ވަނީ ދޮގު ހަދާފައި،" މުޖުތަބާ ވިދާޅުވި އެވެ. ކުރިނބީ ބަނދަރުގެ މަަސަައްކަތާމެދު ރައްޔިތުން ހިތްހަމަ ނުޖެހިގެން މުޒާހަރާ ކުރަނީ.. -- ފޮޓޯ: އަހްމަދު މުޖުތަބާ ރައްޔިތުން ބޭނުންވަނީ 400 ފޫޓް ދިގު އަދި 200 ފޫޓް ފުޅާ ބަނދަރެއް ކަމަށާއި ނަމަވެސް މިހާރު ހަދަނީ 300 ފޫޓް ދިގު ބަނދަރެއް ކަމަށް މުޖުތަބާ ވިދާޅުވި އެވެ. "މި ރަށުގެ ރައްޔިތުންނަށް 300 ފޫޓު ދިގު ބަނދަރެއް މާބޮ ޑަށް ވެސް ކުޑަވާނެ،" އޭނާ ވިދާޅުވި އެވެ.ކުރިނބީގެ ބަނދަރުގެ މަސައްކަތް ކުރަނީ ހެވީ ފޯސް ކުންފުނިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ