މެމްބަރު ރިޔާޒު އައިޖީއެމްއެޗަށް ދެ މެޝިން ހަދިޔާކުރައްވައިފި

ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ދޭން ބޭނުންކުރާ ދެ މެޝިން، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު މިއަދު އައިޖީއެމްއެޗަށް ހަދިޔާކުރައްވައިފި އެވެ.
ރިޔާޒު ވިދާޅުވީ އޭނާގެ ބައްޕަގެ ހަނދާނުގައި އުފައްދާފައިވާ "އެމްޖީއެޗް ޓްރަސްޓް" ޖަމިއްޔާ އިން، އައިޖިއެމްއެޗަށް ދެ ބައިޕެޕް މެޝިން ހަދިޔާކުރެއްވީ، ފުއްޕާމޭގެ ބަލިތަކުގައި ަފަރުވާ ހޯދާ މީހުންނަށް އެހީވުމަށް ކަމަށެވެ. ދުވާލަކު އެތައް ހާސް ބަޔަކު ފަރުވާ ހޯދަމުން އަންނަ އައިޖީއެމްއެޗުގައި ވަސީލަތްތަކުގެ ދަތިކަން ހުރިކަން އިހްސާސްކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޭނުމަކީ އިންސާނިއްޔަތަށްޓަކައި އެހީއެއް ވެދިނުން. އައިޖީއެމްއެޗަށް މިކަހަލަ ވަސީލަތްތައް ބޭނުންވާކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑުގެ މަންމަ އަށް [އައިޖީއެމްއެޗުން] ފަރުވާ ދޭން އުޅުނުއިރު އަޅުގަނޑަށް އެކަން އިހްސާސްކުރެވުނު، އެހެން މީހުންނަށް ވެސް ދަތިތައް ކުރިމަތިވާނެކަން،" ރިޔާޒު ވިދާޅުވި އެވެ.
އެ ދެ މެޝިނުގެ އަގަކީ ގާތްގަނޑަކަށް 110،000ރ. އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ