ށ. އެކަސްދޫގެ ކުއްޔާއި ޖޫރިމަނާ އަށް ފައިސާ އެ ރަށް ކުއްޔަށް ނެގި ފަރާތުން މީރާ އަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި މީރާ އިން ދައުވާކޮށްފައި ވަނީ ހއ. ދިއްދޫ މުޝްތަރީގެ ޒުލައިހާ ހަފީޒާގެ އަތުން ފައިސާ ހޯދުމަށެވެ. މީރާ އިން ވަނީ 12،128.39 12،4ރ. އޭނާގެ އަތުން ހޯދުމަށް ދައުވާކޮށްފަ އެވެ.
ކޯޓުގެ ނިންމުމުގައި ވަނީ މި ފައިސާއަކީ ދައުވާ ލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ކަމަށް އިންކާރުކޮށްފައިނުވާ ކަމަށާއި މީރާ އިން އެދިފައިވާ މިންވަރަށް ހަ މަސް ދުވަހުގެ ތެރޭގައި ޒުލައިހާ އެ ފައިސާ މީރާ އަށް ދައްކާ ހަލާސްކުރުމަށެވެ.
ށ. އެކަސްދޫ އަކީ ދަނޑުވެރިކަން ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ.
އެކަސްދޫގެ ކުއްޔާއި ޖޫރިމަނާ މީރާ އަށް ދެއްކުމަށް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ