ރާއްޖޭގައި މިހާރު އޮތީ އިސްލާމީ ގައުމީ ވިސްނުމަކާއި ލާދީނީ ވިސްނުމެއް: ރައީސް މައުމޫން
ރާއްޖޭގައި މިހާރު އޮތީ އިސްލާމީ ގައުމީ ވިސްނުމަކާއި ލާދީނީ ވިސްނުމެއްކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ޔުމްނާ މައުމޫން އިސްތިއުފާ ދެއްވާތީ، އޭނާ ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ނަސަންދުރަ ޕެލަސް ހޮޓަލުގައި ބޭއްވި ކެއުމުގެ ހަފުލާއެއްގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ވަރަށް ގިނަ މީހުން ބުނޭ ރާއްޖޭގައި އޮތީ ސިޔާސީ ދެ ވިސްނުމެއް ކަމަށް އެއީ އިސްލާމީ ގައުމީ ވިސްނުމާއި ލާދީނީ ނުވަތަ ލާގައުމީ ވިސްނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.” އަޅުގަނޑުމެންނަކީ މާތްﷲގެ ވާގިފުޅާއެކު ކުރިން މިދެންނެވި ވިސްނުން ތަމްސީލްކުރާ މީހުން. އެއީ އިސްލާމީ ގައުމީ ވިސްނުން ތަމްސީލު މިކުރަނީ ޕީޕީއެމްއިން ކަމަށެވެ. އޭގެ އަނެއްކޮޅުގައި އެތިބީ ލާދީނީ އަދި ލާ ގައުމީ ބައެއް އެ މީހުން އެ ސައްކަތްކުރަނީ އެ މީހުންގެ ވަކި ކަހަލަ އުސޫލްތަކެއް ގާއިމްކުރަން ނުވަތަ ބޭރު ދުނިޔޭގެ ތަނެއްގެ ގޮތުގައި ރާއްޖެ ހެދުމަށްކަމަށް” މައުމޫން ވިދާޅުވި އެވެ.މައުމޫން އިތުރައްވިދާޅުވީ، “ލާދީނީ ފިކުރުގެ މީހުން ބޭނުން ވަނީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ނަގާލައި ކޮންމެވެސް އެހެން ކަހަލަ ޖަމާއަތެއްގެ ބަޔަކަށް ރާއްޖެ ހެދޭތޯ ކަމަށެވެ. އަދި ރާއްޖެއާ ބީރަށްޓެހި ސަގާފަތްތަކެއް ރާއްޖެ ގެނެސް ލާގައުމީ ސަގާފަތެއް ގެނެވޭތޯ ކަމަށް މައުމޫން ވިދާޅުވި އެވެ.އިސްލާމް ދީނަށް ފުރައްސާރަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑެންމާކުގައި ދެއްކެވި ވާހަކަ ސިޔާސީ ބައެއް ޕާޓީތަކުން ދަނީ ލާދީނީ އަަމަލެއްކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އެ މައްސަލާގައި ނަޝީދާ ދެކޮޅަށް އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީގެ އިތުރުން ޕީޕީއެމުންވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ