ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ހޯދަމުން ދަނީ ކ.މާލެ، މ.ބޮޑުކެކުރިވިލާ އަޙްމަދު ވަފާޢު (43އ) އެވެ.
ފުލުހުން ބުނީ ވަފާއު އަކީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އެންގުމުންވެސް ހާޒިރުނުވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ފުލުހުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ.
ވަފާއު އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކަސްޓޯޑިއަލް ޑިޕާރޓްމަންޓްގެ ނަންބަރު 9991442 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 3322111 އަށް އެންގެވުމަށް ފުލުހުން އެދެ އެވެ.
އަދި ރާއްޖޭގެ ރަށަކުންނަމަ އެރަށެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް އަދި ޕޮލިސް ސްޓޭޝަން ނެތްރަށެއްނަމަ އެރަށެއްގެ ރަށުކައުންސިލް އިދާރާ މެދުވެރިކޮށް އެންގުމަށް ފުލުހުން އެދެ އެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]/* <![CDATA[ */!function(t,e,r,n,c,a,p){try{t=document.currentScript||function(){for(t=document.getElementsByTagName('script'),e=t.length;e--;)if(t[e].getAttribute('data-cfhash'))return t[e]}();if(t&&(c=t.previousSibling)){p=t.parentNode;if(a=c.getAttribute('data-cfemail')){for(e='',r='0x'+a.substr(0,2)|0,n=2;a.length-n;n+=2)e+='%'+('0'+('0x'+a.substr(n,2)^r).toString(16)).slice(-2);p.replaceChild(document.createTextNode(decodeURIComponent(e)),c)}p.removeChild(t)}}catch(u){}}()/* ]]> */ އަށެވެ.
ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ