މިއަދަކީ ޑިމޮކްރަސީއަށް ކަޅުދުވަހެއް ކަމަށާއި ނަމަވެސް ހިތާމައެއް ނެތްކަމަށާއި ހުދުމުހުތާރު ވެރިކަން އަބަދުވެސް ފެއިލްވާނެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެކަމަށް ސްޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާއި ގުޅިގެންނެވެ.A black day for democracy in Malidives. No worries. People will always win. Dictatorships will always fail.— Maumoon Abdul Gayoom (@maumoonagayoom) July 13, 2017ސްޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިވެއްޖެނަމަ ނުވަތަ އިންތިހާބުވީ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ އެ މެމްބަރެއްގެ މަޖިލިސް ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ބަންޑާރަ ނައިބު ސްޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި މިއަދު އިއްވި ހުކުމުގައެވެ.
ކަޅުދުވަހެއް، ހުދުމުހުތާރު ވެރިކަން ފެއިލްވާނެ: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ