ރީކޯ މޫސަ ކޯޓް ހުރުމަށް ކަނޑަން ކުރި މަސައްކަތް ފޮހެވިގެން ނުދާނެ: މެމްބަރު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ކޯޓްތަކުގެ ހުރުމަތް ކަނޑަން ކޮށްފައިވާ މަސައްކަތް ފޮހެވިގެން ނުދާނެކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވިޓެއްގައެވެ.Magumathēga Court thah hadhaigen Court thakuge hurumai kendumah kuri masakkai PPM aai gulhumakun, tháreekhun fohevigen nudháne. @ReekoMoosa— Abdulla Ahmed (@AblhoMP) August 13, 2017އަބްދުﷲ ވިދާޅުވީ މަގުމަތީގައި ކޯޓްތައް ހަދައިގެން، ކޯޓްތަކުގެ ހުރުމަތް ކެނޑުމަށް ކުރި މަސައްކަތް ޕީޕީއެމްއާއި ގުޅުމަކުން ތާރީހުން ފޮހެވިގެން ނުދާނެ ކަމުގައެވެ.
މޫސަ ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްގެ މެމްބަރުންތަކެއް ސޮއި ކުރައްވާ ފަފަހުން އެ މެމްބަރުން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވުމުން މަޖިލީހުގައި އޮތް ޕީޕީއެމްގެ އަގްލަބިއްޔަތު ގެއްލުނު ފަހުންނެވެ.
މޫސަ އަށް ވާޑު ވިދާޅުވު އަބްދުﷲ އަހުމަދަކީވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވާ އަދި ފަހުން މީޕީއެމްއިން ވަކިވެވަޑައިގެންނެވި މެމްބަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ