މިއީ ޤައުމުގެ ހާލަތު ބަދަލު ކުރުމަށް އެންމެން އަތުގުޅާލައިގެން ނިކުންނަންވީ ވަގުތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ. އެގޮތަށް ވިދާޅުވެ އަލީ ހުސެއިން ވަނީ އާންމު ރައްޔިތުންނަށް ގިނަ ސުވާލުތަކެއް ވެސް ކުރިމަތިކޮށްފަ އެވެ.
އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ހުސެއިން ޓުވިޓާގައި ވަނީ މިގޮތަށް ތިބެންވީ ކިތަށްމީހުން މަރަންދެންތޯ ސުވާލު ކުރައްވާފަ އެވެ. އަދި އަނެކާގެ ދަރިޔެއް މަރާލީމާ ތިމާގެ ހިތަށް އެއްވެސް އަސަރެއް ނުކުރާނަމަ ތިބާގެ ހިތުގައި އިންސާނިއްޔަތުކަމެއް އަދި އިސްލާމްކަމެއްވެސް ނެތްކަމަށް އަލީ ހުސެއިން ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން އަލީ ހުސެއިން ވިދާޅުވެފައިވަނީ މަރަކަށް ފަހު މަރެއް އަދި ވަޅިޔަކަށްފަހު ވަޅިޔެއް ހަރާ ޤައުމު ކޮށާ ކުދިކޮށްލަނީ ކަމަށާއި، އަމިއްލަ ގަޔަށް ވަޅިހަރަންދެން ނުތިބެ ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް ފަށަންޖެހިފައިވާ ކަމަށެވެ.
Qaumuge haalathu badhalu kuran enmen athugulhaalaigen nukunnanvee vaguthu mi othee jehifa. Kithah meehun marandhenthoa mihen thibenvee?
Anekaage dhariyaku maraaleemaa thimaage hithah evves asareh nukuraanama thibaage hithugai insaaniyyathu kameh adhi islam kameh ves nei.
Marakah fahu mareh. Valhiyakah fahu valhiyeh. Qaumeh koshaa kudhi kollanee. Aharenge gayah valhi harandhen nuthibe govt zinmaa kuran jehey.
އަލީ ހުސެއިން އެފަދައިން ވިދާޅުވެފައިވާއިރު، މާރާމާރި އާއި، އެކި މައްސަލަތަކުގައި މި އަހަރު އެކަނިވެސް އެތަށް ޒުވާނުތަކެއް ވަނީ މަގުތަކުގައި ކަތިލާފަ އެވެ. ނަމަވެސް އެ މައްސަލަތަކުގައި އިންސާފު ހޯދައިދީ، މަރާމާރީތައް ހުއްޓުވައިދިނުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
މިއީ ޤައުމުގެ ހާލަތު ބަދަލު ކުރުމަށް ރައްޔިތުން ނިކުންނަންވީ ވަގުތު: އަލީ ހުސެއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ