ގާސިމް އޮބްޒަވޭޝަންގައި، ޝަރީއަތް ކެންސަލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓު ކުރުމާއި ގުޅިގެން މިއަދު ބާއްވަން ތާވަލު ކުރި އަޑުއެހުން ކެންސަލުކޮށްފިއެވެ.
މިއަދު މެންދުރު 12:45 ހާއިރު ގާސިމް މެޑިކާގައި އެޑްމިޓުކޮށްފައިވަނީ އޮފީހަށް ވަޑައިގަންނަވަނިކޮށް ނޭވާލާން އުނދަގޫވެ މެއަށް ތަދުވާތިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވި ގޮތުގައި ގާސިމް މިހާރު ބާއްވާފައޮ އޮތީ އޮބްޒަވޭޝަންގައެވެ.
ގާސިމް އޮބްޒަވޭޝަންގައި ބާއްވާފައިވާ އިރު ރިޝްވަތު ދިން ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ވަނީ ކެންސަލުކޮށްފައެވެ.
ގާސިމްގެ ޝަރީއަތް ތާވަލުކޮށްފައި އޮތީ ދޭއް ޖަހާއިރަށެވެ. ގާސިމް މެޑިކާގައި އެޑްމިޓުކޮށްފައިވަނީ 12:45 އެހާއިރުއެވެ.
މެޑިކާގައި އެޑްމިޓުކޮށްފައިވަނީ މެންދުރު ދޭއް ޖަހާއިރު ތާވަލުކޮށްފައި އޮތް އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ވަޑައިގެންނެވުމުގެ ކުރިން އޮފީހަށް ވަޑައިގަންނަވަނިކޮށް ކަމަށް ވެސް އެނގިފައިވެއެވެ.
ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާ އިރު މިއަދު ބާއްވަން ތާވަލުކޮށްފައިވަނީ އޭގެތެރެއިން އެއް ދައުވާއެވެ. އެއީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާއެވެ.
ދައުލަތުން ގާސިމްގެ މައްޗަށް ދެން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. އެ ދައުވާތައް އުފުލާފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާއި ގުޅިގެން މ.ކުނޫޒުގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.
އެ ދައުވާތައް ކްރިމިނަލް ކޯޓުންވަނީ މީގެ ކުރިން ޕީޖީ އޮފީހުން ކޯޓަށް ހާޒިރު ނުވެގެން ބޭރު ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ