ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންނެވީ ދަރިކަލުން ފާރިޝް މައުމޫނަށް ނައިބު ރައީސްކަން ނުދިނުމުންކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޗެނަލް 13 ގައި މިރޭ ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ ރައީސް މައުމޫނަށް ސަރުކާރު ގޯސްވެ ރައީސް ޔާމީނު ކަމު ނުދިޔައީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށްފަހު ނައިބު ރައީސްކަމަށް އަހުމަދު ފާރިޝް މައުމޫނު ނުގެންނެވުމަށް ރައީސް ޔާމީނު ނިންމެވުމުން ކަމުގައެވެ.
ޝައިނީ ވިދާޅުވީ އަދީބަށްފަހު މައުމޫން ބޭނުންފުޅުވީ ފާރިސްއަށް ނައިބު ރައީސްކަން ދޭން ކަމަށާއި ނަމަވެސް އެކަން ސިޔާސީ ބޭފުޅުންނަށް ގަބޫލު ކުރެވޭ ކަމަކަށް ނުވކަމަށާއި ރައީސް ޔާމީނުގެ ކޮށްކޯފުޅެއް ނައިބު ރައީސް އަކަށް ގެންނައުން ބޭރުގެ ގައުމުތަކުން ވެސް ގަބޫލު ނުކުރާނެކަމެއް ކަމުގައެވެ.
އެހެން ކަމުން ފާރިޝައަށް ނައިބު ރައީސްކަން ނުލިބުމުން ރައީސް މައުމޫނު އެކަމާއި ހިތްހަމަޖެހިވަޑައި ނުގެން ސަރުކާރާއި ދެކޮޅަށް ވަޑައިގެން އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންފައިވާކަމަށް ޝައިނީ ވިދާޅުވިއެވެ.
މިރޭގެ ޕްރޮގްރާމްގައި ޝައިނީވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްވެސް ނައިބު ރައީސް ގެ މަޤާމު ބޭނުންފުޅުވެގެން ރައީސް ޔާމީނާއި މަޝްވަރާ ކުރެއްވިކަމަށް ވިދާޅުވެފައެވެ.
މައުމޫނު އިދިކޮޅު ފަރާތްތަކާއި ގުޅުނީ ފާރިޝްއަށް ނައިބު ރައީސްކަން ނުދިނުމުން: ޝައިނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ