އެމްޑީޕީގެ ޗެއާޕާސަން މާލީގެ މަގާމު އަހުމަދު އަބްދުﷲ ކާމިޔާބުކޮށްފި

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން މާލީގެ މަގާމަށް މީހަކު ހޮވުވަށް ބޭއްވި އިންތިހާބު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު އަބްދުﷲ ކާމިޔާބްކޮށްފި އެވެ. އިއްޔެ ހަވީރު 15:00 އިން 18:00 ޖަހަން ދެން ކުރިއަށް ގެންދިޔަ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަހްމަދު އަބްދުﷲ އަށް ލިބިވަޑައިގެންފައި ވަނީ 373 ވޯޓެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި އިބްރާހިމް ވަހީދުއަށް ލިބިވަޑައިގަތީ 293 ވޯޓެވެ. ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަށް ލިބިވަޑައިގަތީ 257 ވޯޓެވެ. އެމްޑީޕީގެ ޗެއާޕާސަން މާލީގެ މަގާމަށް އަހްމަދު އަބްދުﷲ ކާމިޔާބު ކުރެއްވުމަށް ފަހު އެޕާޓީގެ ބައެއް މެންބަރުންނާ އެކު ---- ޗެއާޕާސަން މާލީގެ މަގާމަށް އަހްމަދު އަބްދުﷲ އިންތިހާބުކުރި އިރު އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމް އަލީ ނިޔާޒު ކަށަވަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ. ޖުމްލަ 150 ވޯޓުފޮށި ބެހެއްޓި އެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައި ވަނީ އެމްޑީޕީގެ ކައުންސިލަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުންންގެ އިތުރުން އެ ޕާޓީގެ ގޮފިތަކުގެ ރައީސުންނަށް ކަމަށް އެމްޑީޕީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ