ގޭސް އެކުލެވިފައި ނުވާ، އެމެރިކާގެ "މޮންޓްވޫޑް" ބޮޑީސްޕްރޭ ރާއްޖެއަށް

ރާއްޖޭގައި ކާމިޔާބުކަމާއެކީ ސެންޓް ވިއްކަމުން އަންނަ ޕޮއިސް އިން އެމެރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ މޮންޓްވޫޑްގެ ބޮޑީ ސްޕްރޭ ރާއްޖޭގެ ބާޒާރަށް ގެނެސް ވިއްކަން ފަށައިފިއެވެ. ޕޮއިސް ފިހާރައިގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މޮންޑް ވޫޑްގެ ބޮޑީ ސްޕްރޭ ރަސްމީކޮށް ތައާރަފް ކޮށްދެއްވީ ވީޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މުންދު) އެވެ. ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޕޮއިސްގެ މެނޭޖިން ޑިރެކްޓަރު އިލްޔާސް މުހައްމަދު ވިދާޅުވީ، އަލަށް ތައާރަފް ކުރި މޮންޓްވޫޑް ބޮޑީ ސްޕްރޭއަކީ އެއްވެސް ވަރަކަށް ގޭސް އެކުލެވިފައި ނުވާ ހުރިހާ އެންމެންނަށް ވެސް އެންމެ ކަމުދާނެ ފަދަ ބޮޑީ ސްޕްރޭއެއް ކަމަށެވެ. މޮންޓްވޫޑް ބްރޭންޑްގެ ތަފާތު ވައްތަރުގެ ބޮޑީސްޕްރޭ ޕޮއިސް އިން ލިބެން ހުންނާނެ ކަމަށާއި މޮންޓްވޫޑްއަކީ އެމެރިކާގައި ވެސް ކާމިޔާބު ބްރޭންޑެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ލޮވިޒާ ބްރޭންޑްގެ ބޮޑީ ސްޕްރޭގެ ތަފާތު ވައްތަރުތަށް -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު އިލްޔާސް ވިދާޅުވީ، ޕޮއިސްއިން ވިއްކަމުން އަންނަ ލޮވިޒާ ސެންޓަކީ ވަރަށް ކާމިޔާބު ގޮތެއްގައި ކުރިއަރަމުން އަންނަ ގިނަބައެއްގެ ހިތް ހަމަޖެހުން ހޯދައިފަވާ ސެންޓެއް ކަމަށެވެ. އަދި މިރެއިން ފެށިގެން ލޮވިޒާ ބްރޭންޑްގެ ބޮޑީ ސްޕްރޭ ވެސް ޕޮއިސް އިން ލިބެން ހުންނާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. ޕޮއިސްގެ މެނޭޖިން ޑިރެކްޓަރު އިލްޔާސް މުހައްމަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިސްމައިލް ނާފިއު ލޮވިޒާ ބްރޭންޑް އަދި މޮންޓްވޫޑް ގެ ބޮޑީ ސްޕްރޭ ރަނގަޅު ހެޔޮ އަގެއްގައި ޕޮއިސް އިން ލިބެން ހުންނާނެ ކަމަށާއި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މޮންޑްވޫޑްގެ ބޮޑީސްޕްރޭ ހޯލްސޭލްކޮށް ގަންނަ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް ޕޮއިސްއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ