ގާސިމް ގޭ ބަންދަށް ބަދަލުކުރަން ކަރެކްޝަނުން ނިންމައިފި

ހޮސްޕިޓަލުގައި އޮންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ޖަލުހުކުމް ގޭ ބަންދަށް ބަދަލު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ނިންމައިފިއެވެ.
ގާސިމްގެ ޖަލު ހުކުމް ގެ ބަންދަށް ބަދަލުކުރުމަށް ނިންމީ ގާސިމްގެ ބަލި ހާލަތު ހުރި ގޮތުންނެވެ. އެނގިފައިވާ ގޮތުގައި ގާސިމް ގެ ބަންދަށް ބަދަލު ކުރުމުގެ ލިއުން މިރޭވަނީ ގާސިމާއި ހަވާލު ކޮށްފައެވެ.
ގެ ބަންދަށް ބަދަލު ކުރުމަށް ނިންމި އިރު ގާސިމްއަށް އިއްވި ޖަލު ހުކުމާއި އެކު ހުކުމުގައި ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން އަންގާފައިވާ އަމުރު ސަރުކާރުން ވަނީ އިސްތިއުނާފުކޮށްފައެވެ.
މިމަހުގެ 25 ވަނަ ދުވަހު ގާސިމް އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި އޮންނަވަނިކޮށް އެރޭ ޣައިރު ހާޒިރުގައި އިއްވި ހުކުމުގައި ގާސިމަށް ބޭރުން ދިނުމަށް ޑޮކްތަރުން ލަފާދީފައިވާ ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްފައިވެއެވެ.
ތިން އަހަރާއު ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ވަކީލުންވަނީ ބުނެފައެވެ.
އެ މައްސަލަ ސަރުކާރުން އިސްތިއުނާފު ކުރި އިރު ވަރަށް އަވަހަށް ގާސިމް ބޭރަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ