ރައްޔިތުން ބޭނުންވަނީ މިގައުމަށް ބޭނުންވާ އަވަސް ތަރައްގީއާއި ނަތީޖާ: ޑރ. އައިޝަތު
ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މިގައުމަށް ބޭނުންވާ އަވަސް ތަަރައްގީއާއި، ނަތީޖާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. އެއްހާސް ފޮޓޯގްރާފަރުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ލ. އަތޮޅުން ތަމްރީންވި ޒުވާނުން ދަސްވެނިވުން ފާހަގަކުރުމަށް ލ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަަ ދައްކަވަމުން ޑރ. އައިޝަތު ވިދާޅުވީ ރައީސް ޔާމީންގެ އަމާޒު ހުރީ ނަތީޖާ ނެރެދެއްވަން ކަމަށެވެ. " ރައީސް ޔާމީން އެ ޔަގީންކޮށްދެއްވަނީ ނަތީޖާ ނެރެދެއްވާނެކަން. ކުރިން ކަަންކަން ކުރަމުންދިޔަ ގޮތުގެ ބަދަލުގައި ތަފާތު ގޮތްގޮތަށް ފުރިހަމައަށް ތަފާތު ކަންތައްތައް ކުރަން،" ޑރ. އައިޝަތު ވިދާޅުވިއެވެ. 1000 ފޮޓޯގްރާފަރުން ތަމްރީންކުރުމުގެ ޕްރޮގްރާމުގެ ދަށުން ލ.އަތޮޅުގައި ފޮޓޯގްރާފަރުން ތަމްރީންކޮށް ދަސްވެނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، މަސައްކަތުގެ ދާއިރާއަށް ނެރެފައިވަނީ ވަރަށް މަދު ކުދިން ކަމަށާއި ނަމަވެސް މިހާރު އެ މަންޒަރު ބަދަލުވެފައިވާ ކަމަށެވެ. " 2014 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް 8191 ކުދިން ޓިވެޓް އޮތޯރިޓީން ހިންގާ ޕްރޮގްރާމްގައި ބައިވެރިވެ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައިވޭ. މިއީ އަޅުގަނޑުމެން ބޭނުންވާ ކުރިއެރުން،" ޑރ. އައިޝަތު ވިދާޅުވިއެވެ. ވަޒީފާގެ ބާޒާރުގައި ވީހާވެސް ގިނައިން ދިވެހިންނަށް ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ފޮޓޯގްރަފީގެ ދާއިރާގައި މަސައްކަތްކުރެވޭނީ ހަމައެކަނި ދިވެހިން ކަމަށް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ