ސްޕްރީމް ކޯޓުން ރޭ ނެރުނު އަމުރާއި ގުޅިގެން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފުއާ މިރޭ ގުޅުމަށް ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރެއްވި ކަމަށާއި ރައީސް ޔާމީނަށް ސީޕީ އަރީފްއާ ގުޅޭ ގޮތް ނުވި ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ފުލުހުންގެ ގާނޫނުގާ ވާ ގޮތުގެ މަތިން ވަޒީފާއިން ވަކިކުރައްވާފައިވާ ކަމަށެވެ. ފުލުހުން މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު މަގާމުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ