ތައުލީމީ ދާއިރާއަށް އަންނަމުންދާ ބޮޑު ބަދަލުތަކަކަށް ތައްޔާރުވަމުން، ފޮނި އުންމީދުތަކަކާއެކު، ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ވެސް މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވެފައިވާ ގޮތުގައި، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހުރިހާ ސްކޫލަކުން ވެސް ތައްޔާރު ކަމަށާއި ކިޔަވާ ކުދިންނަށް ބޭނުންވާ ހުރިހާ ވަސީލަތަކާއި ހުރިހާ ޓީޗަރުން ވެސް ހަމަވެފައިވާ ކަމަށެވެ.
އެގޮތުން މިއަހަރުގެ ސްކޫލްތަކުގެ ކިޔެވުން ފަށާފައި މިވަނީ ޖުމްލަ 81,000ދަރިވަރުންނާ އެކުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
ދިރާސީ އާ އަހަރަށް ސްކޫލުތަކުން ކުދިންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އިވާއިރު، ކޮންމެ ސްކޫލަކުންވެސް އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައި ވަނީ، އަހަރުފެށުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ހާއްސަ އެސެންބްލީއަކުންނެވެ.
ދިރާސީ އާ އަހަރާ އެކު ތައުލީމީ ދާއިރާއަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަށް ގެނެސްފަ އެވެ. އޭގެތެރޭގައި ސްކޫލުތަށް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
2018 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ 98 ވަނަ ދުވަހުކަމަށާއި،އެއީ ޖަނަވަރީ 14 އިން ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލައްކަމަށެވެ.
އަދި ފުރަތަމަ ސެމިސްޓާގެ މިޑް-ޓާމް ބްރޭކްގެ ގޮތުގައި 10 ޖޫން އިން 14 ޖޫން އަށް ހަމަޖައއްސައިފައިވާއިރު،ދެ ވަނަ ސެމިސްޓާގެ ކިޔެވުން 18 ޖޫންގައެވެ.
ހަމައެހެންމެ މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށް ދިރާސީ ކަލަންޑަރުގައި ވެއެވެ.
ފޮނި އުންމީދުތަކަކާއެކު 2018 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ