ފަނަރަ އަހަރުން ދަށުގެ އުމުރުފުރާގެ މެޗް ދަރުމަވަންތަ ސްކޫލް ކާމިޔާބުކޮށްފި


މަކިޓާ އިންޓަރ ސްކޫލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފަނަރަ އަހަރުން ދަށުގެ އުމުރުފުރާގައި މިއަދު ކުޅުނު މެޗް ދަރުމަވަންތަ ސްކޫލް ކާމިޔާބުކޮށްފިއެވެ.
 
ދަރުމަވަންތަ ސްކޫލް މިއަދުގެ މެޗް ކާމިޔާބުކުރީ އިމާދުއްދީން ސްކޫލާ ވާދަކޮށް ހަތަރު ލަނޑު ތިން ލަނޑުންނެވެ. މެޗްގައި ދަރުމަވަންތަ ސްކޫލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އަހުމަދު ފިރާޝްއާ، މުހައްމަދު އީމާންއާ، އާނިފް އަހުމަދު ނިޒާމްގެ އިތުރުން ހުސެއިން ސައީދެވެ. އިމާދުއްދީން ސްކޫލްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ މުހައްމަދު އަނަސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ