އަށާރަވަނަ ރައްޔިތުން މަޖިލީހުގެ މެމްބަރުން، މެމްބަރުކަމުގެ ހުވާ ކުރައްވައި


އަށާރަވަނަ ރައްޔިތުން މަޖިލީހުގެ މެމްބަރުން، މެމްބަރުކަމުގެ ހުވާ ކުރައްވައިފިއެވެ. މިކަމަށްޓަކައި މިއަދު މަޖިލިސް ގޭގައި ބޭއްވި ރަސްމިއްޔާތުގައި މެމްބަރުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިންއެވެ.
 
ހުވާ ކުރެއްވުމަށްފަހު މެމްބަރުންވަނީ ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައެވެ.
 
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އެގާރަ ޖަހާއިރު ފެށޭއިރު، އެޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުކަން އެންމެ ގިނަ ދުވަހު ކުރެއްވި މެންބަރުގެ ހައިސިއްޔަތުން ކަނޑިތީމް ދާއިރާގެ މެންބަރު މުހައްމަދު ހުސައިންއެވެ.
 
މިއަދުގެ ޖަލްސާގައި އޮންނާނީ ހަމައެކަނި މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުން. މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ހޮވާނީ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
 
 
މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް އިއުލާންކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާއި، ޕީޕީއެމްގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހްއެވެ.  ނައިބް ރައީސް ކަމަށް ޕީޕީއެމުން ނެރެން ނިންމާފައިވަނީ އެ ޕާޓީގެ ނައިބް ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ