ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ޓަކައި ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅާ ކަންތައްތައް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.
އެކަމަކު ހުށަހަޅާފައި ވަނީ ކޮންކޮން ކަންތައްތަކެއް ކަމެއް އެ އޮފީހުން ނެރުނު ބަޔާނަކު ނެތެވެ. އެހެން ސަރުކާރުން ބުނެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގައި އޭޖީ އާއި ޕީޖީގެ ދައުރު ބޮޑު ކަމަށާއި އެހެންވެ އެ މަސައްކަތް އެ ދެބޭފުޅުން ކުރައްވަމުން ގެންދަވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި މައިގަނޑު ތިން ކަމެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ރައީސް މުހަންމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ އިތުރު އަށް ބޭފުޅަކު މިނިވަން ކުރުމެވެ. މީގެ އިތުރުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ޕާޓީ ބަދަލު ކުރިޔަސް ގޮނި ނުގެއްލޭ ކަމަށް ނިންމުމެވެ.
ސަރުކާރުން ބުނަނީ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އަމުރު ނެރުނުތާ ދެ ދުވަސްވީ އިރު ވެސް އެއިން އެއްވެސް ކަމެއް ތަންފީޒުކޮށްފައި ނުވާތީ އިދިކޮޅު ފަރާތްތަކުން ވަނީ ރުޅިގަދަ ވެފަ އެވެ.
ޕީޖީން ހުށަހަޅާ ކަންތައްތައް ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ