ކުއްލި ނުރައްކަލުގެ އަމުރުގެ ގަރާރަށް ދެވަނަ އިސްލާހެއް ގެނެސް، ސުޕްރީމް ކޯޓަށް އަލުން ބާރުތައް ދީފިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ އަމުރުގައި އިސްލާހް ކޮށްފައިވަނީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) އެވެ. އެއަކުރުގައި ބުނަނީ ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ އަމުރަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނުވެސް ވަނީ އިސްލާހް ގެންނަވާފައެވެ. އެގޮތުން، ގެންނެވި އިސްލާހްގައި އަމުރުގެ ދަށުން ހައްޔަރު ކުރެވޭ މީހުންގެ ހައްގުތައް ހަނިކުރައްވާފައި ވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ އަމުރުގެ ދަށުން ސްޕްރީމް ކޯޓުގެ ބާރުތައް ސަސްޕެންޑް ކުރުމަށްފަހު އެ ކޯޓަށް އަލުން ބާރުތައް ދެއްވިއިރު، ސުޕްރީމް ކޯޓުގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ 5 ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހަންމަދު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އަނެއް ތިން ފަނޑިޔާރުން ވީތަނަކާ ބެހޭގޮތުން އެއްވެސް ފަރާތަކުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
ކުއްލި ނުރައްކަލުގެ އަމުރު އިސްލާހްކޮށް ސުޕްރީމް ކޯޓަށް އަލުން ބާރުތައް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ