ކެނެރީގޭ އާއިލާ އިން ދުވަހަކު ވެސް މައުމޫން އަށް ހެޔޮގޮތެއް ނޭދޭނެ – ނިހާން

ކެނެރީގޭ އާއިލާއިން ދުވަހަކުވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލާ އަށް ހެޔޮގޮތެއް ނޭދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އޭނާގެ ފިރިމީހާ އަހްމަދު ޝާހިދު (ސާބެ) ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫން އަށް ޖޯކް ޖަހާ ވީޑިއޯ އެއް މީސް މީޑިއާގައި އާއްމުވުމާ ގުޅިގެންނެވެ.
ނިހާން ވިދާޅުވީ އެ ވީޑިޔޯ އިން ފެނުނީ އީވާ އާއި އޭނާގެ ފިރިމީހާގެ ރަސްމީ އަސްލު ސޫރަ ކަމަށާއި ކެނެރީގޭ އާއިލާއިން ދުވަހަކުވެސް ރައީސް މައުމޫނަށް ހިތްހެޔޮ ނުކުރައްވާނެ ކަމަށެވެ.
"ރައީސް މައުމޫން އާއިލާގެ އެއްވެސް ބޭފުޅަކު ހީފުޅުކުރުއްވާނެ ކަމެއް ނެތް ދުވަހަކުވެސް ކެނެރީގޭ މީހަކު ތިމަންނާ މެނަށް ހިތްހެޔޮ ކޮއްފާނެ ކަމަކަށް." ނިހާން ވިދާޅުވިއެވެ.
އާންމު ކޮށްފައިވާ ވީޑިއޯގައި އީވާ ވިދާޅުވަނީ ދެބެންގެ ދެދަރިންގެ ބޭބެ ނަޝީދު ޖަލުގައި އޮންނަތާ މިވީ ތިން ދުވަސް ކަމަށެވެ. ނަޝީދު ޖަލަށްލީ ދުންޔާ މައުމޫންގެ ސަބަބުން ކަމަށް ވީޑިއޯގައި އީވާ ވިދާޅުވިއެވެ.
އީވާ އާއި ސާބެ ދުންޔާ އަށް ފާޑުކިޔާ މަލާމާތް ކުރުމުގެ ގޮތުން ވީޑިއޯއެއް މިއާންމު ކުރީ ރައީސް މައުމޫން ހައްޔަރު ކޮށްފައި ވަނީ ރައީސް ނަޝީދާއި ބައިވެރިވެ ވަޑައިގަތުމުން ކަމަށް ދުންޔާ ވިދާޅުވުމުންނެވެ.
އާންމު ކޮށްފައިވާ ވީޑިއޯގައި ސާބެ ވާހަކަ ދައްކަވަނީ އިނގިރޭސިބަހުންނެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރިން ކުރެއްވި ސާބެ ވީޑިއޯގައި ވިދާޅުވީ އޭނާގެ ޅިއަނު ޖަލުގައި ހުރުމުން ކަންބޮޑުވާ ކަމަށެވެ. އަދި އާއިލާގެ ކަންތައްތައް ހުރިގޮތުން ވެސް ކަންބޮޑުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ